މަސްތުވާތަކެތި ފެނުމާ ގުޅިގެން، ފުރަން ގޮސް ހުރި ޒުވާނަކު ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެންދަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 24 އަހަރުގެ އަބްދުﷲ ފަސީހު، ހަވީރީގެ / ށ. ނޫމަރާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ފަސީހު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 340 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އެކަމަކު އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމާއި އެ ތަކެތި އަޅާފައި ހުރި އެއްޗެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.