ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.

ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައި ވާއިރު، ފުލުހުންނާއި ސިފައިން މި ދޯނީގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.