ކުޅުދުއްފުށި ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، އެރަށު ޑެއިޒީ ފެހި މުހައްމަދު ހަސަން (36އ.) އެވެ.

އޭނާ މަރުވި ސަބަބު އަދި ސާފު ނުވާ އިރު ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ، މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8 ވެސް ޖެހިފަހުން ކަމަށެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން މަރުވެފައި ވާ މުހައްމަދު ހަސަންގެ މިހާރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.