ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް ޅ. ނައިފަރުގައި މި މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވަމުންދާ މި މަސްރޭސް މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތް ކަމަށެވެ.
ފެށުނީއްސުރެވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މި ފަހަރު މުބާރާތުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެ ވަނަ ޓީމް: 10،000 ރުފިޔާ
- ތިން ވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު ފިޝާވުމަން: 1000 ރުފިޔާ
ގދ. ތިނަދޫގައި މިދިޔަ މަހު ބޭއްވި އުރީދޫގެ މަސްރޭސް މުބާރާތް 1665.85 ޕޮއިންޓާ އެކު ކާމިޔާބު ކޮށްފައިވަނީ ބްލެކް އޭންޓް ފިޝިން އިން ނެވެ. ޗެމްޕިއަން ޓީމް ބްލެކް އޭންޓް ފިޝިން އަށް އުރީދޫ އިން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ތިނަދޫ މަސްރޭސް މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ 523.25 ޕޮއިންޓާއިއެކު ޓީމް އެމްއައިބީ އެވެ. އަދި ތިންވަނަ އަށް ގޮސްފައިވަނީ 478.85 ޕޮއިންޓާއިއެކު ހޯނޑެއްދޫ މަސްވެރިންނެވެ.