ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި މިހާ ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ދަނީ ކުރަމުން.

ފިނޮޅަކަށް ދަތުރު ގޮސްއުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ މައްސަލައާ ގުޅިގެން ފުލުުން ބުނީ، ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.

އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ބަލާފައެވެ.

ހުވަފެންފުށި އަދި ފިނޮޅު ފެންނަ ގޫގްލް މެޕެއް މިހާތަނަށް ލިބިފައިވާ މައުލޫމާތުން، އެނާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެހެންކމުން މި ތަހުގީގު ކުރިއަށް ގެންދިއުމުގައި ލީޑް ކުރަމުން އަންންނީ ފުލުހުންނެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް އަކީ މާލެ ސިޓީ ކައުންސިލްގެ އެސެޓްސް އެންޑް ފްލެޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިލެކްޓްރީޝަނެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ތަސްލީމް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ތަސްލީމު ހޯދުމުގައި ކައުންސިލުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.