ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި އަންހެން ދިވެހި 2 ޑޮކްޓަރުންނަށް ހަމަލާދީފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ރޭގެ ވަގުތެއްގައެވެ.

ރޭ ޑިއުޓީ ކުރަމުން ދަނިކޮށް މި 2 ޑޮކްޓަރުންނަށް ހަމަލާދީފައި ވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރުންނަށް ހަމަލާދީފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ބަލިމީހެއްގެ އާއިލާގެ މީހުންނެވެ.

އެގޮތުން އެތަނުން އެއް ޑޮކްޓަރުގެ ކޮނޑުގައި ޖެހި ކަމަށާއި އަނެއް ޑޮކްޓަރުގެ އަތުގައި ހިފައިގެން ދަމާފައި ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެވަގުތު އެތަނުގައި ސީނިއާ ޑޮކްޓަރުން ތިބި ނަމަވެސް އެމީހުން މި ހާދިސާއާ ގުޅިގެން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ލިބިފައި ނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް އަދި ސާފެއް ނުވެއެވެ.