ފިނޮޅަކަށް ދަތުރުދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެދުވަހު ދަތުރު ގޮސް އުޅުނިކޮސް ގެއްލިފައި ވަނީ މާލެ، މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު (43އ) ކަމަށެވެ.

އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ދާއިރު އޭނާގެ އާއިލާގެ މެންބަރަކު ސޯޝަލްމީޑިއާގައި ކޮށްފައި ވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ސޭންޑް ބޭންކަށް ދަތުރު ގޮސް އުޅެނުކޮށް (އޮގަސްޓް 30، 2024 ގެ ހެނދުނު 10:00 ހާއިރު) ގެއްލިފައި ވާ ކަމަށެވެ. އަދި އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 7433331 އަށް ގުޅުމަށް ވެސް އެ ޕޯސްޓްގައި ލިޔެފައި ވެއެވެ.

މީގެ އިތުރުން ފުލުހުންވެސް ވަނީ އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ގުޅުމަށް އެދި 9794639 ނަންބަރު ހިއްސާ ކޮށްފައެވެ.

މިހާދިސާގައި އޭނާ ގެއްލުނު އިރު، އެ ދަތުރުގައި ދިޔައީ ކިތައް މީހުން ކަމެއް އަދި ހާދިސާ ހިނގަން ދިމާވި ގޮތެއް އަދި ސާފެއް ނުވެއެވެ.