ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފެނައިކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

އޭނާ މި މަގާމަށް ބަދަލުކުރި އިރު ފެނަކައިގެ ޑީއެމްޑީގެ ގޮތުގައި ހުންނެވި އިބްރާހިމް ނާއިފް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ރައީސް ޑރ. މުއިއްޒު ކެމްޕެއިނުގެ އޭޖެންޓަކަށް ވެސް އުޅުއްވި ނާއިފް މަގާމުން ވަކިކުރި ސަަބަބު ސާފެއް ނުވެއެވެ.

ރުކުމާ އަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅާވެސް މެއެވެ.

ފެނަކައިން ވަނީ ނާއިފް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށް އާ ޑީއެމްޑީ ރުކުމާއަށް މަރުހަބާ ކިޔާފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލުތަކުގެ ތެެރޭގައި ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑިރެކްޓަރު އަހަމަދު އީހާބު ވެސް ވަނީ ވަކިކޮށްފައެވެ.