އުރީދޫ ނޭޝަންގެ ފުރަތަމަ އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އުރީދީ މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން އެ ކުންފުނިން ބޭއްވި ހަރަކާތުގައި ގިނަ އޮފީސްތަކުން ބައިވެރިވެފައިވާ ކަމަށެވެ. މި މަހުގެ 13 އިން 17 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ވަނީ ބައިވެރިވެފައެވެ.
ޕަބްޖީ މޮބައިލް ގޭމްގެ ވަނަވަނައަށް ދިޔަ ފަރާތްތައް:
- އެމްވީޕީއަށް 1000 ރުފިޔާގެ އިނާމު: އަކްރަމް އަހްމަދު، އީއެމް އެންޓަޕްރައިސަސް
- ތިން ވަނަ ޓީމަށް 3000 ރުފިޔާގެ އިނާމު: ކަސްޓަމްސް
- ރަނަރަޕް ޓީމަށް 6000 ރުފިޔާގެ އިނާމު: އީއެމް އެންޓްޕްރައިސަސް
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ އިނާމު: ބޭންކް އޮފް މޯލްޑިވްސް
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ގޭމްގެ ވަނަވަނައަށް ދިޔަ ފަރާތްތައް:
- އެމްވީޕީއަށް 1000 ރުފިޔާގެ އިނާމު: އައިމަން ރަޝީދު، މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް
- ތިން ވަނަ ޓީމަށް 1500 ރުފިޔާގެ އިނާމު: އެމްއޭސީއެލް ޓީމް 2
- ރަނަރަޕް ޓީމަށް 3000 ރުފިޔާގެ އިނާމު: ބޭންކް އޮފް މޯލްޑިވްސް
- ޗެމްޕިއަން ޓީމަށް 4500 ރުފިޔާގެ އިނާމު: މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް
އީއޭއެފްސީ ގޭމްގެ ވަނަވަނައަށް ދިޔަ ފަރާތްތައް:
- ތިން ވަނަ ޓީމަށް 3000 ރުފިޔާގެ އިނާމު: ޖައިލަމް މުހައްމަދު، މީރާ
- ރަނަރަޕް ޓީމަށް 6000 ރުފިޔާގެ އިނާމު: އިސްމާއިލް ނަޝާއު، ބީއެމްއެލް
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ އިނާމު: ޖަނާން މުހައްމަދު، ކޭ އެންޑް އެފް ހޯލްޑިންގްސް
މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މިއަދު މި މުބާރާތް ނިންމާލާފައިވާ އިރު، މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހެޑްކުއާޓާސްގައެވެ.