ރަޝިއާގެ 3 ސަރަހައްދަކުން ޔޫކްރައިންގެ ފައުޖުތައް ރަޝިއާގެ ތެރެއަށް ވަދެގެންފައި ވާ އިރު މިހާތަނަށް 100 އަވަށެއް ހިފާ, އަދި 100 އަށް ވުރެ ސިފައިން ހައްޔަރުކޮށްފައި ވާ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.

މިއީ މިއަހަރު ފެށުނީއްސުރެ މިއަދާ ހަމައަށް ޔޫކްރައިންގެ ސަރަހައްދުތަކުން ރަޝިއާ އަށް އަތުނުލެވޭހާ ގިނަ ބިމެވެ. ރަޝިއާގެ ކާސްކް ސަރަހައްދުން ޔޫކްރައިން ސިފައިން ބާރަށް ކުރިއަރަމުން ދާ އިރު, ރަޝިއާގެ ފައުޖުތަކަށް ޔޫކްރައިން ސިފައިން ހުއްޓުވުމުގައި ގޮންޖެހުންތައް ބޮޑެވެ. ޖުމްލަ 1000 ކިލޯމީޓަރުގެ ސަރަހައްދެއް ޔޫކްރައިން އިން ހިފާފައި ވާ އިރު, ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, މިއަދުވެސް ފައުޖުތައް ބާރަށް ކުރިއަރަމުން އެތެރެއަށް ވަންނަމުން ދާ ކަމަށެވެ.

މިއީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ރަޝިއާގެ ސަރަހައްދަކަށް ބަޔަކު ވަދެ މި ގޮތަށް ރަޝިއާގެ ބިންތައް ހިފި ފުރަތަމަ ފަހަރަށް ވާއިރު ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވަނީ ޔޫކްރައިންގެ ފައުޖުތައް ބަލިކޮށްލާނެ ކަމަށާއި ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށެވެ.

ރަޝިއާގެ ތެރެއަށް ޔޫކްރައިންގެ ފައުޖުތައް ވަދެ އެއްގަމު މަގުން ހަމަލާ ދެމުން ގެންދާ އިރު ވައިގެ މަގުން ގައިޑަޑް މިސައިލް ބޭނުންކޮށްގެން ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދުތައް މަދު ކަމަށް ހަބަރުތަކުން ބުނާ އިރު ހަނގުރާމަ އެންމެ ބާރު ކާސްކް ސަރަހައްދުން އާންމުންގެ 80,000 އެއްހާ މީހުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ.

ޔޫކްރައިންގެ ފައުޖުތައް އިތުރަށް ވަންނަމުން ދާ އަނެއް ސަރަހައްދަކީ ބެންގޮރޮޑް ސަރަހައްދެވެ. އެ ސަރަހައްދުން ވަންނަ ޔޫކްރައިން ސިފައިންނަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބޭ އިރު އެ ސަރަހައްދުގައި ރަޝިއާ ސިފައިންގެ ހަމަލާތައް މާ ވަރުގަދަ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބައެއް ރިޕޯޓުތައް ބުނާގޮތުން އެސަރަހައްދުން ކުރިއަރަމުން ދަނީ ރަޝިއާ ސިފައިންނެވެ.

އިތުރަށް ހަމަލާތައް ބަދަލުކުރަމުން ދާ ސަރަހައްދަކީ ބްރިޔާންސް ސަރަހައްދެވެ. މިސަރަހައްދުގައި ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިންގެ މި ކުއްލި ހަމަލާތަކާ ގުޅިގެން ޕުޓިން ވިދާޅުވީ އެއީ ހުޅަނގުން 'ޔޫކްރައިންގެ އަތްތަކުން ރަޝިއާ އަށް ހަމަލާދެނީ ހުޅަނގުން' ކަމަށެވެ. އޭނާ އިޝާރާތް ކުރައްވާ ކަމަކީ ހުޅަނގުން ޔޫކްރައިން އަށް ފޯރުކޮށް ދެމުންގެންދާ ހަތިޔާރުން ރަޝިއާ އަށް ހަމަލާ ދިނުމަށެވެ.

މި ކަމާ ގުޅިގެން އެމެރިކާއިން ބުނެފައި ވަނީ, ޔޫކްރައިން އިން ރަޝިއާގެ ތެރެއަށް ވަދެ ދެމުން ގެންދާ ހަމަލާތަކުގެ މައުލޫމާތު ލިބުނީ އެ އޮޕަރޭޝަން ފެށިފަހުން ކަމަށާއި ނަމަވެސް އެ އޮޕަރޭޝަނަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކޮމިއުނިކޭޝަން އެޑްވައިޒަރު ޖޯން ކާބީ ވިދާޅުވީ, އެ ހަނގުރާމަ އަކީ ރަޝިއާ ދެކޮޅަށް ޕުޓިން އަމިއްލަ އަށް ކުރައްވާ ހަނގުރާމައެއް ކަމަށާއި އެކަމުގެ ސަބަބުން ނުތަނަވަސް ކަމެއް އޭނާގެ އޮތް ނަމަ ޔޫކްރައިނުން ފައިގެން ދިޔުމަށެވެ.

ޔޫކްރައިންގެ މި އޮޕަރޭޝަނަށް ޔޫރަޕިއަން ޔޫނިއަނާއި ޖަރުމަން އަދި ޔޫކޭ ހިމެނޭހެން ހުޅަނގުން ވަނީ ސަޕޯޓް ކުރާ ކަމަށް ބުނެފައެވެ.