ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިންގް ފައިނޭންސިންގެ ގިނަ ފުރުސަތުތަކާއެކު ކުރިއަށް ގެންދިޔަ ލިވިންގް އެކްސްޕޯ ނިންމާލައިފިއެވެ.

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގް ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގް ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ. އަދި މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.

މި މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލިވިންގް އެކްސްޕޯގެ ތެރެއިން

މިއަހަރުގެ އެކްސްޕޯގައި ވެސް ވަނީ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ބީއެމްއެލް އިސްލާމިކް ގެ ފައިނޭންސިންގް ޕްރޮޑަކްޓްތައް ފަރުމާކޮށްފައި ވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑުވެސް ވަނީ ތައާރަފް ކޮށްފައެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި ފަރުނީޗަރާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ސާމާނާއި އެކި ހިދުމަތްތަކުގެ އިތުރުން ބޭންކިން އާއި ފައިނޭންސް އޮޕްޝަންތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2013 ވަނަ އަހަރެވެ. މިއީ މި އެކްސްޕޯ މެދުކެނޑުމެއްނެތި ބާއްވާތާ 12 ވަނަ އަހަރެވެ.