ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އަދި އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުން އައްޔަން ކުރި އާ ލީޑަރު ޔަހުޔާ ސިންވާރުވެސް އަވަހަށް އަވަހާރަ ކޮށްލަން އިޒްރޭލުގެ ހާރިޖީ ވަޒީރު ގޮވާލައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހާރިޖީ ވަޒީރު ކާޒް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ, ހަނިއްޔާގެ ބަދަލުގައި ސިންވާރު އައްޔަން ކުރުމަކީ އަވަހަށް ހަރަކާތްތެރިވެ އޭނާ އަވަހާރަ ކޮށްލަން ޖެހޭ އެއް ސަބަބު ކަމަށެވެ. އަދި އެއީ މި ބިންމަތިން ހަމާސް ފުހެލުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ހަނިއްޔާ އަކީ ގާޒާގެ ވެރިކަން އޮންނަ ހަމާސް ޖަމާއަތުގެ އެންމެ އިސްވެރިޔާއެވެ. 2019 އިން ފެށިގެން އޭނާ ގަތަރުގައި ދިރިއުޅުއްވަމުން ގެންދެވި އިރު ސިންވާރު ހުންނަވަނީ ގާޒާގައެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމުގެ އިސް މޭސްތިރިއަކީވެސް ސިންވާރު ކަމަށް އިޒްރޭލުން ބުނާ އިރު, މިއަދާ ޖެހެންދެންވެސް ސިންވާރު އާންމުކޮށް ފެނިފައެއް ނުވެއެވެ.
އެ ހަނގުރާމައިގައި 40,000 މީހުން މިހާރުވެސް ޝަހީދު ކޮށްލާފައި ވާ އިރު, ހަމާސް އާއި އިޒްރޭލު ސުލްހަ ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތަކުގައި ހަމާސް ތަމްސީލު ކުރައްވަމުން ގެންދެވީ ހަނިއްޔާއެވެ.
ހުސްވި ޖުލައި މަހު އީރާނުގެ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ތެހެރާންގައި ހުންނަވަނިކޮށް ޖުލައި 31 ގައި އޭނާ އަވަހާރަ ކޮށްލާފައި ވާ އިރު އާ ވެރިޔަކަށް ސިންވާރު ހަމަޖެއްސި އިރު އޭނާ އަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރަން ބޭނުންވާ ލިސްޓުގައިވެސް ހިމެނޭ ބޭފުޅެކެވެ. އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫވެސް އެ ލިސްޓުގައި ހިމެނެއެވެ. ހަމަ އެހެންމެ ސިންވާރު ހިމެނެނީ އިޒްރޭލުން އަވަހާރަ ކޮށްލަން އެންމެ ބޭނުންވާ ހަމާސްގެ އިސްލީޑަރުންގެ ލިސްޓުގެ ކުރީގައެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެގެން ގޮސްފައި ވާ މި ދަނޑިވަޅުގައި ސިންވާރު އައްޔަން ކުރުމާއެކު އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަށް ބަލަން ނުތިބޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެގޮތުން ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ, އެމެރިކާގެ ފައުޖުތަކަށް އަމާޒުވާ ހަމަލާތައް އިތުރުވާ ކަމަށާއި އިރާގުގައި ތިބޭ ފައުޖުތަކަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި 7 މީހަކު ޒަހަމްވެފައި ވާ ކަމަށެވެ.
އެ ކަމާވެސް ގުޅިގެން ދެއްވި އިންޒާރުގައި އޮސްޓިން ވިދާޅުވީ, 'ގޯހެއް ނުހެދުމަށާއި އެމެރިކާއަށް އަމާޒުވާ ހަމަލާތަކަށް ބަލަހައްޓައިގެން ނުތިބޭނެ ކަމަށް' އެވެ.
ޔަހޫދީންގެ ހުރިހާވެރިން ފެނުނުތަނަކުން މަރާލަން ޖެހޭނެ އެނުބާ ނުލަފާ ޖައްބާރުންތަށް މަރާ ހުސްކުރަންވީ.