ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް ޓްރާންސްފާގައި ބައިވެރިވެ ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ ފަސް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ބީއެމްއެލް މޯބައިލް ބޭންކިން އެޕުން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް އެމެރިކާ ޑޮލަރު އެކައުންޓާއި ޑޮލަރު ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެެވެ.

މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެއިތުރުން ބީއެމްއެލް އިން ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ލިބޭނެ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގް އާއި މޮބައިލް އެޕް މެދުވެރިކޮށްވެސް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.