ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ ޒުވާނާ މާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހުސައިން ޒިހާން (ހ. ބްލޫސްކޫޕް) މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ފެނުނު ސަރަހައްދެއް،. ފެނުނު އިރު ކުރަން ހުރި ކަމަކީ ކޮބައިކަމެއް ފުލުހުން ނުބުނެއެވެ.

އޭނާ ހޯދަން މިއަދު އިއުލާނުކޮށްފައި ވާއިރު އޭނާ އެންމެ ފަހުން ފެނިފައި ވަނީ މަހުގެ 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ހ. ބްލޫޑްރީމް ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު ނަމަވެސް އެފަދައިން ގެއްލޭ މީހުންގެ ތެރެއިން ބައެއް މީހުން ހޯދަން އެތައް ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފެނިފައެއް ނުވެއެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހުވެސް އުމުރުން 14 އަހަރުގެ ކުއްޖެއް ގެއްލިގެން ފުލުހުން ވަނީ ހޯދާފައެވެ. އަދި ދާދިފަހުން ގދ، ފިޔޯރިން ގެއްލުނު ކުޑަ ކުއްޖެއް ފުލުހުންނާއި އެ ރަށު ކައުންސިލުގެ އިތުރުން ރައްޔިތުން ކުރި މަސައްކަތުން ވަނީ ހޯދާފައެވެ. އެ ކުއްޖާ ފެނިފައިވަނީ ގެ އާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ތެރެއިންނެވެ.

އަދި ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަހްމަދު އިޔާޒް ވަސީމް، ހޯދުމުގެ މަސައްކަތް ވެސް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ ކުރަމުންނެވެ. މިހާތަނަށް އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.