މާލެ ދެކުނުފަރާތު ބޭރުތޮށިކަައިރި ފަތާ ޓްރެކް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:42 ހާއިރު ލިބިފައިވާ ކަމަށާއި އެއާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި އަލިފާން ގަނޑު ނިއްވާލެވިފައިވަނީ ރޭ 12:56 ހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މީގެކުރިން ވަނީ ކ. މާފުށީ ގޮނޑުދޮށުގައި އެހެލަާފައި އޮތް ލޯންޗެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.