މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިފަދައިން ގޮވާލައްވާފައިވަނ ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖާ ގުޅިގެންނެވެ.
ޝާހިދު ވިދާޅުވީ މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވައުދުވެކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުން ކަމަށެވެ.
މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ބުނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިވަގުތު އިތުރު އިންތިހާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ދަނީ ބޮޑު ކަންނެއްޔަށް އެކަށީގެންވާ އަގު ދިނުމަށް ގޮވާލަމުންނެވެ. އަދި މިއަދު ބޮޑު ކަންނެލީގެ އަގު ދަށްވެފައިވާ ސަބަބު ހޯދަން ބޭނުންވާ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބައެއް އޮޑިވެރިން ތިބީ ކުލި ނުދެއްކި ގޮތް ހުސްވާ ހިސާބުގައި ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ބުނަމުންނެވެ.