ކުރިން ރުހުން ނުލިބުނު ތިން ވަޒީރުންނަށް ސާފު އަޣުލަބިއްޔަތަކުން އާ މަޖިލީހުން ދާދި ދެންމެއަކު ރުހުންދީފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން ނިންމިއެވެ. އެއީ:

  • ބަންޑާރަނައިބު އަހްމަދު އުޝާމް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު:
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު

އޭގެ ފަހުން، މިދިޔަ ޖެނުއަރީ މަހުގެ 27 ގައި ރައީސް ވަނީ ތިން ބޭފުޅުން ވެސް އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައި، މަޖިލީހަށް ތިން ވަޒީރުންގެ ނަންތައް ފޮނުއްވައިފައެވެ. ނަމަވެސް އެ ކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ގަރާރެއްގެ މަސައްކަތް ނިމެންދެން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ 19 ވަނަ މަޖިލީހުން މުއްދަތެއް ނެތް ގޮތަށް ފަސްކުރީއެވެ.

އެކަމަކު 20 ވަނަ މަޖިލީހުގެ މަސައްކަތްތައް ފަށައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތުގެ ކޮމިޓީ މަރުހަލާ ނިންމައި، މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އުޝާމަށާއި ޝަހީމަށާއި ސައީދަށް ރުހުންދޭން ފެނޭތޯ ވޯޓުގަޑީގައި ވޯޓަށް އަހައިފައެވެ. ވޯޓު ލިބުނު ގޮތަށް ބަލާލާއިރު:

  • އުޝާމް: ފެންނަ ކަމަށް 87 ވޯޓު، ނުފެންނަ ކަމަށް ވޯޓެއް ނުދޭ
  • ޝަހީމް: ފެންނަ ކަމަށް 83 ވޯޓު، ނުފެންނަ ކަމަށް ވޯޓެއް ނުދޭ
  • ހައިދަރު: ފެންނަ ކަމަށް 81 ވޯޓު، ނުފެންނަ ކަމަށް ހަތަރު ވޯޓު

އެހެންކަމުން ސާފު އަޣުލަބިއްޔަތަކުން ތިން ވަޒީރުންނަށް ވެސް މަޖިލީހުން ވަނީ ރުހުންލިބިފައެވެ.