މާލޭގައި އެމެރިކާގެ ސަރުކާރުން ހިންގާ 'އެމެރިކަން ސެންޓަރުގެ' ފާރުގައި ސްޕްރޭ ފުޅިއަކުން ލިޔުނު މީހަކު ފުލުހަށް ހާޒިރުކޮށް، މައްސަލަ ބަލަން ފަށައިފިއެވެ.
މީސްމީޑިއާއިން ފެނުނު ފޮޓޯއަކުން ފެންނަ ގޮތުގައި އެމެރިކަން ސެންޓަރުގެ ފާރުގައި 'ޓެރަރިސްޓް،' އަދި '*ސެންސަރުކުރެވިފައި* ކުޑަކުދިން މަރާ މީހުން' ވަނީ ކަޅުކުލައިން ސްޕްރޭކޮށްފައެވެ.
މިކަން ކުރީ އަހްމަދު ސޮބާހު ނަމަކަށް ކިޔާ މީހެކެވެ. 'އެކްސް'ގައި އޭނާ މިއަދު ޝާއިއުކުރި ބަޔާނެއްގައި ބުނީ، އެމެރިކަން ސެންޓަރުގެ ފާރުގައި އެގޮތަށް ސްޕްރޭކުރީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅުހަދައި، ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ދެއްކުމުގެ ގޮތުން ކަމަށެވެ.
"ބައެއް މީހުން އަޅުގަނޑުގެ މި އަމަލާ މެދު ކަމަކުނުދާނެ، މައާފަށް އެދެން،" އޭނާގެ ބަޔާނުގައި ވެއެވެ.
ސޮބާހު ބުނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވާ ނާއިންސާފާ ދެކޮޅަށް އަޑުއުފުލައި މީހުން ހޭލުންތެރިކުރުވުމުގައި ދެމިހުންނާނެ ކަމަށެވެ.
އޭނާގެ ވަކީލު ހަމްޒާ ޚަލީލް، އެ ބަޔާން ރީޕޯސްޓްކުރައްވައި ލިޔުއްވި ގޮތުގައި، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން، ފަންނުވެރިއެއްގެ ހައިސިއްޔަތުން ސޮބާހު ބޭނުންކުރީ އޭނާގެ ފަންނެވެ. ހަމްޒާގެ ޕޯސްޓުގައި ވަނީ، އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަޒަރުން މި މައްސަލަ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލައްވައިފައެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އެމެރިކާއިންނެވެ. އިޒްރޭލުން ބުނާ އަދަދަކަށް ހަތިޔާރާއި ފައިސާ، އެމެރިކާއިން އަބަދުވެސް ފޯރުކޮށްދެއެވެ. އަދި ބޭރުގެ މައިދާނުގައި އިޒްރޭލުގެ ގަތުލުއާންމުތައް އެމެރިކާ އިން ދަނީ ފާޅުގައި ދިފާއުވެސް ކުރަމުންނެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދުމުން، ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ތިރިގެއިން ވަނީ ފާސްކޮށްފައެވެ.
މުޅި އިންސާނިއްޔަތަށް އޮތް ޓެރަރިސްޓުންނަކީ އެމެރިކާ އާއި ޒަޔަނިސްޓު ޔަހޫދީން. މުޅި ދުނިޔެ އިން އެމެރިކާއަށް ފިޔަވަޅު އަޅަންވީ ވަގުތު އަތުވެއްޖެ.
ފާރުގައިސްޕްރޭއަކުން ލިއުނަސްނުލިއުނަސް އެމެރިކާއަކީ ޓެރަރިސްޓް އިޒްރޭލު ދަމަހައްޓާބައިވެރިއަކީ އެމެރިކާ އަސްލުޓެރަރިސްޓުން މިދެގައުމުގެ ސިޔާސަތުކަނޑައަޅަނީ …