މިދިޔަ ސަރުކާރުން 'ކުޑަ ރަށެއް، ބޮޑު ރަށެއް،" ތަފާތުނުކޮށް މަޝްރޫއުތައް ހިންގާފައި ހުރީ ބަޖެޓަށް ނުކަތާ ވަރަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރައުސްމާލަކީ ހުޅުމާލެ ކަމަށެވެ. ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި ނިމި، އެތަން ތަރައްގީކުރަމުންދާ ގޮތުން 'ސިވިލައިޒް' މުޖުތަމައެއްގައި ދިވެހީންނަށް ދިރިއުޅެވޭނެ ގޮތްތައް ފަހިވަމުންދާތަން ފެންނަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖެގެ ޕަބްލިކް ވޯކްސްއަކީ ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްފައިވާ ތަނެއްކަން ހާމަކުރައްވަމުން ޝަފީގު ވަނީ ހުޅުމާލެ ތަރައްގީވަމުން އައި ގޮތް ފާހަގަކުރައްވާފައެވެ. އިތުރަށް ޝަފީގު ވަނީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ޝަފީގު ވަނީ ކުރީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން މިދިޔަ ސަރުކާރުގައި ޕަބްލިކް ވޯކްސްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނިތަކުން ކުރަން ޖެހުނުކަން ފާހަގަކޮށް ޝަފީގު ވިދާޅުވީ އެހެންވުމުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން އެކަމަށް ކުރަންޖެހުނު ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަކަމަށެވެ.
އެގޮތުން އޭރު 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތްކުރިއިރު، އެ ކުންފުނިތަކުގެ މަގުސަދަކަށްވެފައި އޮތީ އެ ކުންފުންޏަކަށް ފައިދާ ހޯދުން ކަމަށާއި އެހެންވެ، ދައުލަތަށް ބޮޑު ބުރައެއް ލިބުނުކަމަށެވެ. ޕަބްލިކް ކޯޕަރޭޝަނަކުން ސަރުކާރުގެ މަސައްކަތްތައް ހަރަދު ކުޑަކޮށް، އަވަހަށް ކޮށްދޭނަމަ، އެއީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި ޝަފީގުވަނީ ފާހަގަކުރައްވާފައެވެ. "އަޅުގަނޑުމެންނަށް ރައްކާކުރެވޭ ކޮންމެ ސޭވިން އަކީ ޕަބްލިކް ޔުނިޓްތައް ތަރައްގީކޮށް ހިންގުމަށްޓަކައި ލިބޭ ވަރަށް މުހިންމު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އަޅުގަނޑުމެންގެ ކޮންމެ ސޭވިންއަކީ އިތުރު ކަމަކަށް ކުރެވޭނެ ހަރަދަކަށްވާނެ" ޝަފީގު ވިދާޅުވިއެވެ.
އެވަރުންވެސް ނުކެތިޔަސް ރައްޔިތުން ބޭނުންވާ ހުރިހައި ކަމަކާ ގާތަށް ކޮށްދީފި ރަޔިތުންނަށް އެނިމުނީ ނޫންތަ ބުރަވާނީ އަބަދުވެސް ސަރުކާރަށް ރައްޔިތުންނަކަށް ނޫން ބުރަވެނުކުރެވޭ މީހަކު ނަމަ އަވަހަށް ދުރަށްދޭ