ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 6:54 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.