ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު، ތައްބޫ އަދި ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދިޔަ ކާމިޔާބު ފިލްމު "ކްރޫ" ނެޓްފްލިކްސް ގައި ސްޓްރީމްކޮށްފިއެވެ.

އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖޭޝް ކްރިޝަން ޑައިރެކްޓްކުރި މި ފިލްމަކީ މިދިޔަ މާޗު މަހު ސިނަމާތަކުގައި އަޅުވައިގެން ބޮޑު ކާމިޔާބީއެއް ލިބުނު މި ފިލްމަށް އިންޑިއާއިން އެކަނިވެސް 13 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. 9 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަކީ ތިން ކެބިން ކްރޫއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ހެއިސްޓް ކޮމެޑީ އަށް ކްރިޓީކުން ތައުރީފްކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ތައްބޫގެ އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

https://youtu.be/LH6sHR86t-M

ހަގީގީ ހާދިސާތަކެއްގެ އަސްލަށް ބިނާކޮށް އުފެއްދި މި ފިލްމަކީ އެކްތާ އާއި ރިއާ ގުޅިގެން ގެނެސްދިން ތިން ވަނަ ފިލްމެވެ. އޭގެ ކުރިން ދެމީހުން އެއްކޮށް ގެނެސްދިން ދެ ފިލްމަކީ "ތޭންކް ޔޫ ފޯ ކަމިން" އާއި "ވީރޭ ދީ ވެޑިން" އެވެ. ބަތަލާ ކްރިތީ ވަނީ ޝާހިދު ކަޕޫރުއާއެކު ދާދިފަހުން ފިލްމަކުން ފެނިފައެވެ. އޭނާ ރޮބޮޓެއްގެ ރޯލު ކުޅުނު މި ފިލްމަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.