ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ވެސް މަގާމުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ މިރޭ އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. މި ކަމާ ގުޅިގެން އަދި މިހާތަނަށް ސަރުކާރުގެ ބަހެއް ލިބިފައެއް ނުވާ އިރު، އޭނާ ސަސްޕެންޑް ކުރި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.

ކުރީގައި ނޫސްވެރިކަން ވެސް ކުރެއްވި އަދި ފުޓްބޯޅަ ރެފްރީކަން ވެސް ކުރެއްވި ވަޖުދީ، ކުރީގެ ސަރުކާރުތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ވަޖުދީ ސަސްޕެންޑް ކުރިއިރު ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ހަމައެއާއެކު ބައެއް ކުްނފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ މަގާމު ވަކިކޮށްފައެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު މަގާމުން ވަކިކޮށްފައިވާ އިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.