ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ބޭރު ގައުމުތައް ހިމެނޭގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ނުވަ ސަފީރަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ ނުވަ ބޭފުޅުންނަށް ވެސް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ރައީސެވެ. އެ ބޭފުޅުންނަކީ:

  1. ޔޫއޭއީގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް މުހައްމަދު ހުސައިން ޝަރީފް (މުންދު)
  2. އދ އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
  3. އިނގިރޭސިވިލާތުގެ ސަފީރުކަމަށް ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް
  4. ސްރީލަންކާގެ ސަފީރު ކަމަށް މަސްއޫދު އިމާދު
  5. މެލޭޝިއާގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހްމަދު
  6. ބެލްޖިޔަމަށާއި ވިލާތުގެ އިއްތިހާދުގެ ސަފީރު ކަމަށް ގީލާ އަލީ
  7. ޖެނީވާގަ ހުންނަ އދ އޮފީހުގެ ދާއިމީ މަންދޫބު ކަމަށް ޑރ. ސަލްމާ ރަޝީދު
  8. ސިންގަޕޫރުގެ ސަފީރު ކަމަށް މުހައްމަދު ލުވެއިޒް
  9. ޗައިނާގެ ސަފީރުކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު

އެ ނުވަ ބޭފުޅުންގެ ތެރެއިން ސަފީރުކަމަށް އައްޔަންކުރުމަށް ޑރ. ފަޒީލަށް މަޖިލީހުން ރުހުންދިނީ އިއްޔެއެވެ. ދެން ތިއްބެވި ބޭފުޅުންނަށް ރުހުން ދިނީ މިދިޔަ ހަފްތާގައެވެ.