ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ދިވެހި މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެމުން ދަނިކޮށް ފަތުރުވެރި ދެމަފިރިން އޭނާ ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުގައެވެ.
ބ. އަތޮޅު ފުލުހުންގެ އިދާރާއިން ބުނީ އެ ދިވެހި މުވައްޒަދު މޫދަށް ވެއްޓުނީ ރިސޯޓުގެ ވޯޓާ ވިލާއެއްގެ ޑެކުމަތިން ކަމަށެވެ.
އެނާ މޫދަށް ވެއްޓި ގެނބެމުން ދިޔަ މަންޒަރު ފެނުނީ، އެ ރިސޯޓުގައި ހަނީމޫން ހޭދަ ކުރުމަށް ގޮސް ތިބި ދެމަފިރިންނަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ ދިވެހި މުވައްޒަފު ގެނބެމުންދިޔަ މަންޒަރު ފެނުމާއެކު ޖޯޑަން ޑެނިއެލް ވޭން ޑައި އަދި ޑެނިއެލް ޑި ބްރޫއިން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.
އެ ދިވެހި މުވައްޒަފުގެ ފުރާނަ ސަލާމަތް ކުރެވިފައި ވަނީ އެ ދެމަފިރިންގެ ހިތްވަރާއި އަވަސް ވިސްނުމުގެ ސަބަބުން ކަމަށް ބ. އަތޮޅު ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާއިން ވަނީ އެ މީހުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ޓުއަރިޒަމް ޕްރޯ މޮޅުސުޓަންޓެއް