ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް ޝަހީދު އިބްރާހީމް އައްޔަންކޮށްފިއެވެ.
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު އައްޔަން ކޮށްފައި ވަނީ އިއްޔެއެވެ.
ވެމްކޯގެ އޮފިޝަލް އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ވަނީ ވެމްކޯ އިން ކުރަމުންދާ މަސައްކަތުގައި އެ ޓީމާ އަލަށް ގުޅިވަޑައިގެންނެވި ޝަހީދުގެ ތަޖުރިބާ އާއި އިރުޝާދު ލިބިގެން ދާނެކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި މަސައްކަތްކުރެއްވި ޝަހީދު ވަނީ 2001 އިން 2018 އާ ދެމެދު ސިފައިންގެއަށް 17 އަހަރު ހިދުމަތްކުރައްވާފައެވެ. އޭގެ ފަހުން އޭނާ ވަނީ ޕީއެންސީގެ ސެނެޓުގެ ކައުންސިލް މެން ބަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.
ވެމްކޯގައި ގެ ޑީއެމްޑީގެ މަގާމަށް ޝަހީދު ހަމަޖައްސާފައިވާއިރު މިހާރު އެ ކުންފުނީގައި ދެ ޑީއެމްޑީއިން ތިއްބަވާނެއެވެ. އެއީ، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމެވެ.