މޯލްޑިވިއަނުން ލަންކާގެ ކޮލަމްބޯއަށް ކުރަމުންދާ ދަތުރުތަކުގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.
އެކުންފުނިން ބުނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޝެޑިއުލް ދަތުރުތައް ކުރަމުން ގެންދާނެ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލަންކާ ދަތުރުގެ ދެކޮޅު ޓިކެޓު އަގަކީ 165 ޑޮލަރެވެ. އަދި ކޮންމެ ފަސިންޖަަރަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެކަމަށާއި ދަތުރުމަތީ ރަނގަޅު މީލް ޕެކެއްވެސް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މާލެއިން، ކޮލަމްބޯއަށް ފުލައިޓް ރޭގަނޑު 7:35 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ކޮލަމްބޯއިން މާލެއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:35 ގައެވެ.
އަދި ހަމައެހެންމެ އާންމުކޮށް އެއާޕޯޓުތަކުން ނަގާ "'ސަޕްރައިޒް ފީތައް" ނުނަގާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ. މީގެއިތުރުންވެސް މޯލްޑިވިއަނުން ލަންކާއަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ނަވޮލޮކް ހޮސްޕިޓަލުން ފައިދާތަކެއް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ނަވޮލޮކް ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް:
- މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހީސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާއެކު)
- ބޮޑީ މާސް އިންޑެކްސް ޓެސްޓާއި ވިޝަން ޓެސްޓް
- ދަތުގެ ޗެކްއަޕް ހެދުން
- ކްލިނިކަލް ޑައިޓީޝަން އާއި މަޝްވަރާކުރުން
- ލެބޯޓްރީ ޓެސްޓްތަކުން %15 ޑިސްކައުންޓް (އޯޕީޑީ ބެސިސް)
- އެކްސްރޭއިން %5 ޑިސްކައުންޓް
- ހާއްސަ ޑިސްކައުންޓް ލިބޭ ހެލްތު ސްކްރީނިން ޕެކޭޖްތައް
ކޮލަމްބޯ ދަތުރުތައް ބުރާސްފަތި އަދި ހޮނިހިރުގައި ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ދޮގެއް، ދެކޮޅު ޓިކެޓަށް 240 ޑޮލަރު ދައްކަންޖެހޭ
ލަންކާއަށް 30 ކިލޯ އިންޑިއާއަށް 25 ކިލޯ ވީމައި އެނގެނީ ތިކުންފުނީގެ މިންގަނޑުގައި ޢަދުލު އިންސާފާއި ހަމަހަމަކަމެއް ނެތްކަން ކަށަވަރުވީ