ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ހުޅުވިގެން މިދާނީ އާ ސަފްހާއެއް ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އިން ހޯދި ކާމިޔާބީ އާއި ގުޅިގެން އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފެނިގެން މިދަނީ ރައީސްގެ ގައުމީ ވިސްނުމަށް އޮތް ތާއިދުކަމުގައި ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ވެރިކަން ހިންގަން ޖެއްސުންކުރުމާ، ދުއްތުރާކުރުމާ އަދި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމި، ރާއްޖެ ހުޅުވިގެން މިދަނީ ޑިމޮކްރެސީގެ އާ ސަފްހާއަކަށް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައިވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ 71 ގޮނޑި ކާމިޔާބުވެފައެވެ. އިދިކޮޅު އެމްޑީޕއަށް 12 ދާއިރާ ކާމިޔާބު ކުރެވުނު އިރު އަމިއްލަ ގޮތުން ވާދަކުރި 6 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.