އިންޑިއާ އަކީ އެކިއެކި ދީންތަކަށް އުޅޭ ބައިގިނަ މުޖުތަމައެކެވެ. އެކިއެކި ސިފަސިފައިގައި މީހުންގެ ބުދު ހަދައިގެންނާއި ގެރިބަކަރި އަށް ވެސް އަޅުކަން ކުރަމުން ދާ އިންޑިއާގެ އަމްބަލަ ކާންޓުގެ ކައްޗާ ބާޒާރުގައި ދިރިއުޅޭ އަންހެނަކު އޭނާ މަސައްކަތް ކުރާ ފިހާރައިގެ ވެރި މީހާ މަރާލައިފިއެވެ.
އެ އަންހެން މީހާ އާ ހަވާލާދީ ފުލުހުން ބުނީ, އޭނާ ނިދާފައި އޮއްވާ ހުވަފެނުގައި އޭނާގެ ކަލާނގެ އައީ ކަމަށާއި އައިސް މީހަކު މަރަން ބުނީ ކަމަށެވެ.
އެހެން ކަމުން މަރާލަން ފެނުނީ ފިހާރައިގެ ވެރި މީހާ ކަމަށާއި އެ ނުބައި ޖަރީމާ ހިންގުމުގައި އޭނާގެ ބޭބެ އާއި ފަހައިރިވެސް ބައިވެރިވެފައި ވާ ކަމަށެވެ.
އޭނާ މަރާލުމަށްޓަކައި ގައިގެ އެތަން މިނަތަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިރުތަށް ބުނީ, އެމީހުން އެކަން ކުރީ އެ އަންހެން މީހާގެ ނިދީގައި އޭނާގެ ކަނލާގެ 4-5 ރެއަކު އައިސް އެހެން ބުނުމުންނެވެ.
މި މައްސަލަ އެ ސިޓީ ކްރައިމް ބަރާންޗުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.