ފިތުރު އީދަށް ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ހުއްދަ ނޫން ތަނަކަށް ވަދެ ރައީސްގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.
ހައްޔަރު ކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވެނީ ހުއްދަނޫން ތަނަކަށްވަނުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައިވާ ގޮތުން ޖުމްހޫރީ މައިދާނުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ބިދުލާލް ވަނުމުން ރައީސްގެ ސެކިއުރިޓީއިން އޭނާ އެތަނުން ނުކުތުމަށް އެއް ފަހަރު އަންގާފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ އަނެއްކާވެސް އެތަނަށް ވަދެ ރައީސްގެ ފޮޓޯ ނަގަމުން ދަނިކޮށެވެ.
އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް އޭނާ ބަންދުގައި ބެހެއްޓުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ.
ތީ އިންޑިޔާ މީހަކަށް ވީމަ ވީގޮތެއް.ދިވެއްސެއް ނަމަ ހެކި ފެންނާނެ