ކުޑަ ފިރިހެން ކުއްޖަކު ފާހާނައަކަށް ވައްދާ ބްލީކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިރޭ ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯ ކްލިޕަކާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށެވެ.
ފުލުހުންދަނީ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ތަޙްގީގުކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.
މިއާއެކު ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށާއި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.