ޑޮލަރުގެ އަގާ ގުޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އޮކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރުފިޔާއާ އަޅާބަލާ އިރު ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށެވެ. ޑޮލަރުގެ އަގު ދަށަށް ގޮސްފައި ވަނީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެފައިވުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އަދި އެކަން އެހެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް އެއްވެސް ވެރިކަމެއްގެ ކުރީކޮޅު ކުރިއަށް ނުދާ ބާރުމިނުގައި މިހާރު ކުރިއަށްދާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު އިތުރަށް ވިދާޅުވީ ގައުމުގެ މާލީ ހާލަތު އޮތީ މީގެކުރީން ވެރިކަމެއް ބަދަލުވެ އާ ސަރުކާރަކާއި ގައުމު ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމްނުވުން ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ކިޔެވި ފައިސާ ބުރުމާއަށް ދައްކާ އޮތީ ދަރާފައި ބޭކާރު މީހެއް. ބޮލަކަށް ހުރީ މީދާކޭ އުބެއް