އެމްޓީސީސީއާ ހަވާލުކޮށްގެން ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް އެ ރަށާ ވަރަށް ގާތުގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމުމާއި ގުޅިގެން މަގޫދޫގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފާނެތޯ ސުވާލު އުފައްދަން ފެށުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ މަސައްކަތް އަދިވެސް ޕްރޮޖެކްޓު ލިސްޓުގައި އޮތްކަން ފާހަގަ ކުރައްވަމުން ޒިޔާދު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ރަސްމީ އެއްވެސް ފަރާތަކުން އަންގާފައި ނުވާކަމަށެވެ.
މީގެ އިތުރުން ޒިޔާދު ވިދާޅުވީ މި މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވުމަށް މި ވަގުތު އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށާ، އެހެންނަމަވެސް މި މަޝްރޫއުގެ އެންމެ ސައްހަ މައުލޫމާތު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ލިބޭނެ ކަމަށެވެ.
މަގޫދޫ އެއާޕޯޓްގެ އަމަލީ މަސައްކަތްތައް ހުއްޓާލާފައި އޮންނަތާ ދެތިން ދުވަސްވެފައިވާ އިރު އެއާޕޯޓްގެ މަސައްކަތް ކުރާ ސަރަހައްދުގައި ރޭ އެ ރަށު ރައްޔިތުން ވަނީ ހޮޅިން ގޭޓެއް ހަދާފައެވެ.
ޒިޔާދު ކަލޭ މަތިއަޅަން ބޭކާރު ވާހަކަ ނުދައްކާ. މަގޫދޫ ސައިޓަށް މަސައްކަތް ކުރިޔަށް ނުގެންދަން އަންގާފަ މަގޫދޫ ގައި ހުރި ވެހިކަލްތަށް ނިލަންދޫއަށް ގެންދަންވެސް އެ ސައިޓަށް އެންގި މީހަކީ ތީ.. ވީއިރު ކޮން ހައިރާނެށް ތި ވަނީކީ. ދެން ތި ބުނަނީ މަސައްކަތެއް ނުހުއްޓަމޭ.. ވީއިރު މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓުގަ ހުރެމެ މަސައްކަތް ކުރިޔަށް ނުގެންދެވެންވީ ކީއްވެ. ދައުލަތުގަ މާ ރުފިޔާ ގިނަވީތަ އެތާގަ ތިބި މުވައަޒަފުންނަށް މުސާރަ ހިނގާގޮތަށް މަސައްކަތަށް ނުނެރި ތި ބައިތިއްބަނީ؟
ތީ ވަރަށް ރަނގަޅު ވާހަކައެއް މަމީ އެތާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން މިތާގައި ކުރާނެ މަސައްކަތްތައް ބައިވަރު ހުރިހާ ސާމާނު މިތާ އެބަހުރި މަސައްކަތް ހުއްޓާލީ ވަކިމީހަކު މަޖިލީހަށް ހޮވަން ބައެއްގެ ދަށުވެގެން