ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހުޅުމާލެ، ފްލެޓް ނަންބަރު C1-3-B، ހަސަން ޒަރީރު އައްޔަން ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، އެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށްފައި ވަނީ ރޭ ބޭއްވި ބޭންކުގެ ހާއްސަވގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު އައްޔަންކޮށްފައެވެ. މިއާއެކު އަލަށް އައްޔަން ކުރި ދެ ޑިރެކްޓަރުންނާ އެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި މިހާރު 10 ބޭފުޅުން ތިއްބާވާނެއެވެ.

ބޭންކްގެ ޑިރެކްޓަރުން:

  1. މރ. ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު)
  2. އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  3. ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  7. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
  8. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  9. އަހަމަދު މުހައްމަދު، ގ. އުފާ
  10. އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޑިރެކްޓަރުންގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް 5 މެންބަރަކު ވަކި ކުރުމުންނެވެ. ބީއެމްއެލްގެ ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައި ވަނީ ޗެއާމަން ޔޫޝައު ސައީދު، އަދި ބޯޑު މެންބަރުން ކަމަށްވާ ޖުވޭރިޔާ ސައީދު، އަބްދުﷲ ހަސަން، އައިޝަތު ސަޖުނީ އަދި އަބްދުﷲ ހުޝާމު ޝަރީފެވެ.