އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމެތަނަކު ހުރެގެން ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އެ ބޭންކުގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ކަސްޓަމަރުން މި ލިންކް މެދުވެރިކޮށް އެ ޕޯޓަލް އަށް ވަދެވޭނެ ކަމަށެވެ.

އަދި އެ ލިންކު މެދުވެރިކޮށް ބީއެމްއެލް ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ރަމަޟާން މަހުގެ 27 ވާ ދުވަސް ކަމަށް ވާ އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.