މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ނެރުން ބަޔާނެއްގައި ބުނެފައިވަނީ މި ހާއްސަ ފެއާ ތަކުގައި ދަތުރު ކުރައްވާ ބޭފުޅުންނަށް އަގުހެޔޮކޮށް، ފަސޭހަކާއެކު ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މިހާރު ޓިކެޓުތަށް ލިބޭ ހާއްސަ އަގުތަކާއި ރީޖަންތައް:
- މާލެ - ކޫއްޑޫ: 1111ރ
- މާލެ - ކުޅުދުއްފުށި: 1111ރ
- މާލެ - ހަނިމާދޫ: 1111ރ
- މާލެ - ތިމަރަފުށި: 1111ރ
- މާލެ - ކައްދޫ: 1055ރ
- މާލެ - ފުނަދޫ: 1055ރ
- މާލެ - މާފަރު: 999ރ
- މާލެ - އިފުރު: 999ރ
- މާލެ - ގަން: 1222ރ
- މާލެ - ފުވައްމުލަށް: 1155ރ
- މާލެ - މާވަރުލު: 1133ރ
- މާލެ - ފަރެސްމާތޮޑާ: 1133ރ
- މާލެ - ހޯރަފުށި: 1133ރ
- މާލެ - ކާޑެއްދޫ: 1333ރ
މި ރަށްތަކުން މާލެއަށް ވެސް ޓިކެޓު ހުރީ ހަމަ މި އަގުގައެވެ.
މި ރީޖަންތަކަށް މީގެ ކުރިން ނަގަމުން އައި އަގުތަކަށް؛
- މާލެ - ގަން: 1698ރ.
- މާލެ - ފުވައްމުލަށް: 1698ރ
- މާލެ - ކާޑެއްދޫ: 1652ރ.
- މާލެ - ކޫއްދޫ: 1652ރ.
- މާލެ - ހަނިމާދޫ: 1610ރ.
- މާލެ - ކައްދޫ: 1610ރ.
- މާލެ - މާފަރު: 1377ރ.
- މާލެ - އިފުރު 1500ރ.
މޯލްޑިވިއަން އިން ބުނީ މި އަގުތަކުގައި ޓިކެޓު މިހާރު އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެކަމަށެވެ. މީގެއިތުރުން ހާއްސަ ފެއާ ތަކުގައި ދަރަވަންދޫއާއި މަޑިވަރަށްވެސް ޓިކެޓު މިހާރު ލިބޭނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
އާމު ގޮތެއްގައި ރާއްޖޭގެ އެތެރޭގެ އުދުހުމުގެ އަގު އުޅެނީ ސިރީލަންކާ މާލެ ދެކޮޅު ޓިކެޓުގެ އަގައްވުރެ މަތީގައި އުތުރުގެ ދެއަތޮޅާއި ދެކޮނުގެ ހަތަރުއަތޮޅު. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުން ފެލާލަނީ ދައްކަނީ ކުލަނުވާ މޮޅެތި ހުވަފެން