ބީއެމްއެލް މުވައްޒަފުން އިސްނަގައިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ އަދި އައްޑޫ ސިޓީ ސަރަހައްދުގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތުގައި މާލެއިން ބީއެމްއެލް ގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު މިއީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކް އާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.

ބީއެމްއެލް އިން ބުނީ މި ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށްފައިވާކަމަށެވެ. އަދި މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ކުލަލާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ސާފުކުރި ހުރިހާ ސަރަހައްދަކުން 4 ޓަނުގެ ކުނި ނަގާފައިވާކަމަށެވެ. އަދި މީގެ ތެރެއިން 5 ޖަންބޯ ބޭގް ގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ހަވާލުކޮށްފައިވާކަމަށް ބީއެމްއެލް އިން ވަނ ބުނެފައެވެ.

އައްޑޫ ސިޓީއިން ސާފުކުރުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު މި ހަފްތާގެ ފެށުނުއިރު، ބ.އޭދަފުށި، ރ.މީދޫ، ފ.ނިލަންދޫ އަދި މ.މުލި މުވައްޒަފުންވަނީ މި ހަރަކާތުގެ ތެރެއިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ.