މި ސަރުކާރަށް ބަޖެޓް ދަތި ވަނީ ރަށްރަށުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުނީމަ ކަމަށާއި މި ކެމްޕޭންގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ބުހުތާނު ދޮގު" ހައްދަވަނީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތުހުމަތު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިންގެ ތެރެއިން ށ. ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައިސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކުރީ ސަރުކާރުން ފައްޓައިގެން ރަށްރަށުގައި ކުރިއަށް ގެންދަމުން ދިޔަ ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް ގެނެސްފައިވާ ކަމާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކަމެއް ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މުއިއްޒު ވަނީ ވަރަށް ސާފުކޮށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ނަމަ އެ އެއްބަސްވުމަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ސޯލިހް ފާހަގަ ކުރެއްވިއެވެ.

އެ ދުވަހު ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ހަމައެކަނި ވެރިކަން ހޯދުމައްޓަކައި ދެއްކެވި ބަހަނާތަކެއްގެ ގޮތުގައި ފެނިވަޑައިގަންނަވާކަމަށް ސޯލިހް ވިދާޅުވިއެވެ. އަނެއްކާ ވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެއްޓެވި ކެމްޕޭންގައި ވެސް އެމަނިކުފާނު އެ ވަޑައިގަންނަވަނީ ހުސް ދޮގު ހައްދަވަމުން ކަމަށް ސޯލިހް ތުހުމަތު ކުރެއްވިއެވެ. މުއިއްޒު ވިދާޅުވާ ކަންކަމަކީ އެއްވެސް ގޮތަކަށް އަމަލީ ސިފައެއް އަންނާނެ ކަންކަމެއް ނޫން ކަމަށް ސޯލިހް ވިދާޅުވިއެވެ.

ބައެއް ފަހަރު ކައުންސިލް ތަކުން ސަރުކާރުގެ އިދާރާތަކުގައި މަޝްރޫއުތަކާ ގުޅިގެން ސުވާލު ކުރާ ކަމަށާއި އެކަމާ ގުޅިގެން އެ އިދާރާތަކުން ބުނަމުން އަންނަނީ ބަޖެޓްގެ ދަތިކަން އޮތް ކަމުގެ ބަހަނާ ކަމަށް ސޯލިހް ވިދާޅުވިއެވެ. އެ ދަތިކަން އޮތް ނަމަވެސް ކުރަން ބޭނުންވަ އެތައް ކަމެއް ކުރަމުން އަންނަ ކަމަށް ސޯލިހް ވިދާޅުވިއެވެ. ބަޖެޓްގެ ދަތިކަން ހާމަ ކުރަނީ ފައްތާފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭތީ ކަމަށް ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާރު ވަޒީފާތައް އިތުރު ކުރާ ކަމަށާއި ސިޠާސީ މަގާމުތައް ވެސް ވަރަށް ބޮޑަސް އިތުރުކޮށްފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ. އެ ގޮތުން ލިބިފައިވާ މައުލޫމާތު ހިއްސާ ކުރައްވަމުން ސޯލިހް ވިދާޅުވީ، ސީޔާސީ މަގާމަތައް ވެސް 1500 އާ ހަމައަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. މިއީ މިއިން އެއްވެސް ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ކަންތައް ކުރި ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.