ގާޒާއަށް އިޒްރޭލުން ހަމަލާ ދޭން ފެށިތާ 6 މަސް ވެގެން ދިޔަ އިރު އިޒްރޭލުން ގާޒާގެ ރައްޔިތުންގެ މުޅި ދިރިއުޅުމަށް ހުރަސް އަޅާ ދެމުން ގެންދާ ލާއިންސާނީ އަނިޔާގެ ސަބަބުން ކާއެތިކޮޅެއް ބޯފެންފޮދެއް ނުލިބި ހާންތިވެގެން ކުދިންތައް މަގުތަކަށް ވެއްޓެން ފަށައިފިއެވެ.
ގާޒާ ހަނގުރާމައިގެ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދޭ އަލްޖަޒީރާއިން ބުނީ, ކާނެ އެއްޗެއް ބޯނެއެއްޗެއް ނުލިބި ބަނޑަށް ތިބި އެތައް ކުދިންނެއް ވަރު ހުސްވެގެންނާއި ހޭނެތިގެން މަގުތަކަށް ވެއްޓެމުން ދާކަމަށެވެ.
އަލްޖަޒީރާގެ އިތުރުން އޭއެފްޕީންވެސް ވަނީ އެވާހަކަ ރިޕޯޓު ކޮށްފައެވެ. ނޫސްވެރިންނާ ހަވާލާދީ އެ އިދާރާއިން ބުނެފައި ވަނީ, ކާބެ އެއްޗެއް, ބޯނެ އެއްޗެއް ކައްކާނެ އެއްޗެއް އަދި ގޭހެއްވެސް, ބޭހެއްވެސް ނެތް ކަމަށާއި އެ ހައިހޫނު ކަމުގައި މިހާތަނަށް 15 ކުއްޖަކާއި ބޮޑެތި މީހުންގެ ތެރެއިން 5 މީހަކު މަރުވެފައި ވާ އިރު މިހާރު ފެންނަނީ ގާޒާގެ އެތަން މިތަނަށް ހޭނެތި ކުދިންތައް ވެއްޓެމުން ދާ މަންޒަރު ކަމަށެވެ.
"ކީއްކުރާނީ, ކުދިންތައް އެދަނީ ހޭނެތި މަގުތަކަށް ވެއްޓެމުން, ކާނެ އެއްޗެއް ބޯނެ އެއްޗެއް ވެއް ނެތް"
ގާޒާގެ ސިލިލް ޑިފެންސް އެޖެންސީން ބުނީ އިޒްރެލުން ވަނީ ގާޒާގެ ބޯފެނުގެ ނިޒާމުވެސް ހަލާކު ކޮށްލާފައި ކަމަށާއި ނަރުދަމާ އާއި ކަރަންޓުގެ ވިއުގަވެސް ވެސް ވަނީ ހަލާކު ކޮށްލާފައި ކަމަށެވެ.
ގާޒާގެ ހާލަތަކީ އިންސާނީ ބޮޑުކާރިސާއެއްގެ ހާލަތު ކަމަށާއި ހައިނޫނު ކަމުގައި ދުނިޔެ ނުދެކޭ ބިރުވެރިކަމެއް ފެނިދާނެ ކަމަށް އޮފިޝަލުން އިންޒާރު ދެމުން ގެންދާ އިރު އިޒްރޭލުން ގެންދަނީ ގާޒާއަށް އެހީ ހިފައިގެން ވަންނަ އދ ގެ ޓްރަކްތަކަށް ހުރަސް އަޅާ ހަމަލާ ދީ އެތަކެތިވެސް ގާޒާއަށް ވަނަ ނުދީ ހިފަހައްޓަމުންނެވެ. މިހާލަތުގައި އުރުދުން އާއި އެމެރިކާ ގުޅިގެން ކާބޯތަކެތީގެ ޕާރުސަލް ގާޒާއަށް ފޯރުކޮށް ދިނުމަށް މަތިންދާބޯޓުގައި ގޮސް ވައިކުޑަ ޖަހާ ވައްޓަމުން ގެންދާ އިރު, ގިނަ އަދަދެއްގެ ޕާރުސަލް ޕެލޭޓްތައް ވެއްޓެމުން ދަނީ ކަނޑަށެވެ. އެއްގަމަށް ވެއްޓޭ ޕެލޭޓްތަކުން ހޮވައިގެން އަންހެނުންނާއި ކުޑަކުދިންނާއި އަދި ފިރިހެރުން ކަމުން ގެންދާ އިރު, މަގުހޮވާ ކާ ބަޔަކަށް ވުރެ އެމީހުންގެ ހާލު ދެރަކަމަށް މުރާސިލުން ބުނެއެވެ.
ގާޒާ ހަނގުރާމަ 6 މަހަށް ގޮސްފައި ވާ އިރު އިޒްރޭލުން މިހާރުވެސް ބުނަމުން ދަނީ, ބައިނަލްއަގުވާމީ ފަރާތްތަކުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް ދޫނުދޭނެ ކަމަށާއި ކުރިންވެސް ޕްލޭން ކޮށްފައި އޮތް ގޮތަށް ރަފާ އަށް އަރައިގަންނާނެ ކަމަށެވެ.
ރަފާ އަކީ އިޒްރޭލުން ގާޒާއަށް ހަމަލާ ދީ އާންމުން ފަހާލުމުން ގޮސް ތިބި އެންމެ ފަހުގެ ހިޔާވައްސެވެ. އެތާނގައި 1.5 މިލިއަން މީހުން ތިބި އިރު, އިޒްރޭލުން ދަނީ އެތަނަށް އަރައިގަތުމަށް ތައްޔާރު ވަމުންނެވެ.
އިޒްރޭލުގެ ނުލަފާ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ, ރަފާ އަށް ނަރާ ދޫކޮށްލައިފިނަމަ އެއީ އިޒްރޭލު ބަލިވުން ކަމަށާއި ހަމަ ހިލާ އެގޮތާ ނުރުހޭނެ ކަމަށެވެ.