ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާއިރު އުރީދޫގެ ސާވިސްއެއް ނަގައިގެން، ހޮވުނު ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފާއެއް ކުރިއަށް ގެންދާއިރު އެގޮތުން ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާފު ސަރަހައްދުގައި ބަހައްޓާފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާވިސްއެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އުރީދޫއިން ބުނީ އެގޮތުން ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް 203 ލީޓަރުގެ ރެފްރިޖެރޭޓަރެއް ހަވާލުކޮށްފައިވާއިރު ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ވަނީ ހަވާލުކޮށްފައެވެ. އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ވަނީ ސޯފާއެއް ހަވާލުކޮށްފައެވެ.

އުރީދޫއިން ބުނީ އުރީދޫގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް އެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު މީގެ ތެރޭގައި ޓީވީއާއި ފްރިޖާއި ސޯފާއާއި އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށްކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ.