ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޭން ޓު ޕޭ ބޭނުންކޮށްގެން އަގުހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަންއެއް ބީއެމްއެލްއިން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މޯބައިލް އެޕްގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުއާރް ކޯޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 8 ހަފްތާގެ މުއްދަތަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
  • ހިޓާޗީ އައިސްއަލަމާރި
  • ޕްލޭސްޓޭޝަން 5
  • މައިކްރޯވޭވް އަވަން އަދި އެއާ ފްރައިއާ

8 ހަފްތާގެ މުއްދަތަކަށް މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.