ބީއެމްއެލްގެ ލުއި ލޯނަށް އެޕްލައިކޮށްގެން 50،000ރ ހޯދުމުގު ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މުއްދަތުގައި ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން އެޕްރޫވަލް ލިބޭ ކޮންމެ ކަސްޓަމަރެއް ޕްރޮމޯޝަންގައި ބައިވެރިކުރާނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މާޗު 10 ގެ ނިޔަލަށެވެ.

ބީއެމްއެލް އިން ވަނީ ލުއި ލޯނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލޯނު އެޕްރޫވް ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑު ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ ބީއެމްއެލް މޮބައިލް އެޕު މެދުވެރިކޮށް ވެސް އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވެސް އެމީހަކަށް ލުއި ލޯނު ނެގޭނެ މިންވަރު ބަލައިލެވޭނެ ކަމަށެވެ.

މީގެއިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްކަތަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައިކަމަށެވެ.