ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީން ހަތަރު ދާއިރާއަކަށް ވާދަނުކުރުމަށް ނިންމައިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަމަހު ބޭއްވުމަށް ނިންމާފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީ އިން މިއަދު ވަނީ 89 ދާއިރާއެއްގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ.

މިގޮތުން އެމްޑީޕީން ވާދަނުކުރަން ނިންމާފައިވާ ދާއިރާތަަކަކީ

1- ފުވައްމުލަކު އުތުރު ދާއިރާ

2- ތ. ގުރައިދޫ ދާއިރާ

3- ފެލިދޫ ދާއިރާ

4- ނިލަންދޫ ދާއިރާ

އެމްޑީޕީ އިން މި ދާއިރާތަަކަށް ވާދަނުކުރަން ނިންމި ސީދާ ސަބަބު ހާމަކޮށްފައިވާނުވާއިރު އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ގެ މުއްދަތު ހަމަވިއިރުވެސް، އެއްވެސް މީހަކު ވާދަކުރުމުގެ ޝައުގުވެރިކަންފާޅުކޮށްފައި ނުވާ 14 ދާއިރާއެއް އޮތް އިރު، ޕާޓީގެ ލީޑާޝިޕުން ވަނީ ޝައުގުވެރިވާ މީހުން ބެލުމަށް ފަހު، އެއިން 10 ދާއިރާއަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފައެވެ.