އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ.

ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް މިއަދުން ފެށިގެން 10 ފެބުރުއަރީގެ 00.00 އާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅޫވާލާފައެވެ.

ނަސީބުވެރި 21 ފަރާތް އިއުލާން ކުރަން ހަމަޖެހިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ދޯހާ މެރެތަން އޮންނަނީ 16 ފެބުރުއަރީގައި ގަތަރުގައެވެ.

ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހު ހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023އިން ފެށިގެން
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

ދޯހާ މެރެތަން އަކީ 2013 ވަނަ އަހަރުން ފެށިގެން ގަތަރުގެ ދޯހާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޯޑް ބޭސްޑް މެރެތަން އެކެވެ.