20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި 608 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ އޭގެ ތެރެއިން 181 ފޮށި މާލޭގައި ބަހައްޓާއިރު 319 ފޮއްޓެއް ބަހައްޓަނީ އަތޮޅު ތެރޭގައި ކަމަށެވެ. އަދި ހުޅުމާލޭގައި 50 ފޮށި ބަހައްޓާއިރު ވިލިމާލޭގައި ބަހައްޓަނީ 9 ފޮށި ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އީސީއިން ބުނީ އެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި 6 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޓްރިވަންޑްރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި މެލޭޝިއާގެ ކެއަލަމްޕޫރުއާއި އިނގިޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫދާބީ އަދި ތައިލޭންޑްގެ ބޭންކޮކްގައި ކަމަށް އީސީއިން ބުނެއެވެ. އީސީއިން ބުނީ އެ އިންތިހާބުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވަނީ ހުޅުލޭގައި އެކަނި ކަމަށެވެ.

ވޯޓު ފޮށި ބަހައްޓާ 37 ރިސޯޓު:

  1. ޝެވަލް ބްލޯންކް ރަންދެލި (ނ.ރަންދެލި)
  2. ސަން ސިޔާމް އިރުފުށި މޯލްޑިވްސް (ނ. މެދަފުށި)
  3. ރޮބިންސަން ނޫނު (ނ. އޮރިވަރު)
  4. ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
  5. އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
  6. ޖޯލި ބީންގް (ރ. ބޮޑުފުށި)
  7. ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ)
  8. ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
  9. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ބ. ހޮރުބަދޫ)
  10. ވައްކަރު މޯލްޑިވްސް (ބ. ވައްކަރު)
  11. ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
  12. ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
  13. އެޓްމޮސްފިއަ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
  14. ހުވަފެންފުށި މޯލްޑިވްސް (ކ.ނަކައްޗާފުށި)
  15. ވެލައްސަރު މޯލްޑިވްސް (ކ.ވެލައްސަރު)
  16. ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
  17. ކުރުނބާ މޯލްޑިވްސް (ކ.ވިހަމަނާފުށި)
  18. ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
  19. ކްރޮސްރޯޑްސް މޯލްޑިވްސް (ކ. އެއްމާފުށި)
  20. ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
  21. ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ (ކ. ފުރަނަފުށި)
  22. ގިލި ލަންކަންފުށި (ކ. ލަންކަންފުށި)
  23. އޮބްލޫ ބައި އެޓްމޮސްފިއަ އެޓް ހެލެގެނލި (ކ.ހެލެގެނލި)
  24. އަނަންތަރަ ދިގު، ވެލި އެންޑް ނަލަދު (ކ. ވެލިގަނޑު ހުރާ)
  25. ކްލަބް މެޑް ކަނިފިނޮޅު (ކ.ކަނިފިނޮޅު)
  26. ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ (ކ. ކޮށްދިއްޕަރު)
  27. ދަ ރިޓްޒް ކާލްޓޮން މޯލްޑިވްސް (ކ. ރަށްފަޅު ހުރަ އިރު)
  28. ވަން އެންޑް އޮންލީ ރީތި ރަށް، މޯލްޑިވްސް (ކ. މެދުފިނޮޅު)
  29. ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
  30. މަލަހިނި ކުޑަ ބަނޑޮސް ( ކ. ކުޑަބަނޑޮސް)
  31. ވިލާ ޕާކް ސަން އައިލެންޑް (އދ. ނަލަގުރައިދޫ)
  32. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް (އދ. ރަންގަލިފިނޮޅު)
  33. ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
  34. ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު މޯލްޑިވްސް (ދ. ވޮއްމުލި)
  35. ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
  36. ވަލްޑޯފް އެސްޓޮރިއާ މޯލްޑިވްސް ( ކ. އިތާފުށި)
  37. ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް (އދ. ދިއްދޫ ފިނޮޅު)

އޭގެ އިތުރުން ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އެގޮތުން އީސީއިން ބުނީ މާފުށީ ޖަލުގައި ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި އައްސޭރި ޖަލާއި ހުޅުމާލެ ޖަލު އަދި ދޫނިދޫ ޖަލުގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.

އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.