ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލްކުރުމަށް ބޭނުންވާ ސޮއި ހަމަކޮށް، އެމަނިކުފާނު ވަކިކުރުމަށް މިއަދު ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލްކުރުމަށް ބޭނުންވާ ސޮއި ހަމަކޮށް، އެމަނިކުފާނު ވަކިކުރުމަށް މިއަދު ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައީސް ޑ. މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ހޫނުވެ ސަރުކާރު ހިންގާ ކޯލިޝަނާއި އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އަރާރުން ވަމުން ދާ މި ދަނޑިވަޅުގައި ރައީސް އަޒުލުކުރަން ނިންމާ ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި ކަމަށް އެމްޑީޕީން މިއަދު ބުނެފައި ވެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުމުގައި ބައިވެރިވިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން، ރައީސް އަޒުކުރަން ވަނީ ނިންމާފައެވެ.
އެއާއެކު ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައި ވާކަމަށް އެ ޕާޓީގެ މަސްދަރުތަކުން ބުނެފައި ވާ އިރު އެކަން އިތުރަށް ޔަގީން ކޮށްދެއްމުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ސޮއި ހަމަ ވެއްޖެ ކަމަށާއި މިއަދުގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ނިމެމުން މިދާ 19 ވަނަ މަޖިލީހުގެ ބޮޑު އަޢުލަބިއްޔަތެއް އޮތް އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލީސް މެންބަރުންގެ އެކަނި ވޯޓުން ރައީސް އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކޮށްފައެވެ.
ހުސްވި ޑިސެމްބަރު 13 ވަނަ ދުވަހު ފާސްކުރި އެ އިސްލާހުގައި ވާގޮތުން ރައީސް އާއި ނައިބު ރައީސް އަޒުކުރަން ބޭނުންވަނީ 54 ވޯޓެވެ. އިސްލާހު ފާސްވި އިރު އެމްޑީޕީގައި އެ އަަދަދަށް މެމްބަރުން ތިބި ނަމަވެސް ފެށިގެން އައި ޑރ. މުއިއްޒުގެ ސަރުކާރާއެކު އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީ އާ ގުޅުމުން އެމްޑީޕީއަށް އެކަނި އޮތް އަޒުލު ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް މިހާރު އެމްޑީޕީއާއި ޑިމޮކްރެޓްސް ކޯލިޝަން ހަދާފައި ވުމުން އެ ދެޕާޓީގެ ޕީޖީ ގްރޫޕު އެއްކޮށްލުމުން 56 ސޮއި ހަމަވެއެވެ.
ގާނޫނުއަސާސީގެ 100 އާއި 101 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އެއީ 29 މެންބަރުންގެ އޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކުގައެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެއީ 43 ވޯޓެވެ. ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.
ގާނޫނު އަސާސީގައި ބުނާ އަދަދާ އެއްވަރަށް ސޮއި ހަމަކޮށްފައި ވާ އިރު، މަޖިލީހަށް މިއަަދު ހުށަހަޅާ އަޒުކުރުމުގެ މައްސަލަ އާ ގުޅޭ ގޮތުން ވެރިކަން ކުރާ ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަންގެ ބަހެއް ނުލިބެއެވެ.
މަޖިލީހަށް މައްސަލަ ހުށަހަޅާ އެޖެންޑާ ކޮށް 14 ދުވަހުގެ މުހުލަތެއް ރައީސާއި ނައިބަށް ވެސް ދޭނެ އެވެ. އެއަށް ވަހު ވޯޓުގެ ކަންކަން ކުރިއަށް ގެންދަން އިޖުރާއަތުތައް ހަމަޖެހިފައި ވާ އިރު، މިއީ ރައީސަކު ވެރިކަމާ ހަވާލުވެވަޑައިގެންތާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަޒުލު ކުރަން ހުށަހަޅާ ފުރަތަމަ ރައީސް އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާގޮތުން، ރައީސް ޑރ. މުއިއްޒު 24 ގަޑިއިރަށް ވެސް ވެރިކަމުގައި ހުންނެވުމަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. ސަބަބެއް ހާމަ ކޮށްފައި ނުވާ އިރު އަޒުލު ކުރުމަށް ހުށަހަޅަން އެކަށީގެންވާ ސަބަބެއް އޮންނަން ޖެހޭނެ ކަމަށް ރާއްޖޭގެ އެންމެ މަތީ ދުސްތޫރީ ކޯޓުން ދާދި ފަހުން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ މެންބަރުން އެކަނި ވެގެން ވިޔަސް ރައީސް އަޒުލުކުރަން ނިންމި މައްސަލައިގައި ޕީއެންސީގެ މެންބަރުން ބުނެފައި ވަނީ އެ ނިންމުން ގާނޫނު އަސާސީއާވެސް ހިލާފު ކަމަށާއި ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.