އުމުރުން 57 އަހަރުގެ ކަދްރީ ދަރާގްމެހް އަށް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވީ، އޭނާގެ ދެ ފިރިހެން ދަރިން ޖަލަށް ދިއުމާއި، އޭނާ ބަލަހައްޓަމުން އައި ޖަނަވާރުތައް ހުސްވުމުންނެވެ.
އެމީހުންގެ ވަގުތީ ޓެންޓުގައި ފެނާއި ކަރަންޓުވެސް ނުލިބޭތީ، އޭނާގެ ބަލި އަނބިމީހާއަށް ވަނީ އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ކަދްރީގެ ހާލަތު އިތުރަށް ގޯސްވާން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާ ބުނި ގޮތުގައި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަޒަންވެރިވި މީހުން ވަނީ އޭނާގެ 100 ޖަނަވާރު ވަގަށް ނަގައި ދޫކޮށްލާފައެވެ. މަގެއް ކައިރީ ބައެއް ގެރިތައް ދޫކޮށްލުމަށްފަހު އެމީހުން ގުޅީ އިޒްރޭލު ފުލުހުންނަށެވެ.
އިޒްރޭލުގެ ގާނޫނުގެ ދަށުން ޖަނަވާރުތައް މިނިވަންކަމާއެކު ހިނގާބިނގާވެ އުޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުން ފުލުހުން ވަނީ ގެރިތައް ހިފަހައްޓާފައެވެ. ކަދްރީއަށް މަޖުބޫރުވީ އޭނާގެ 19 ގެރި އަނބުރާ ހޯދުމަށް 49،000 ޝެކެލް (12،900 ޑޮލަރު) ދެއްކުމަށެވެ.
ކަދްރީއަށް ފައިސާ ދެއްކޭނީ ރަހުމަތްތެރިންނާއި އިޒްރޭލުގެ އެކްޓިވިސްޓުންގެ އެހީގައެވެ.
އެ ހިތާމައާއެކު ކުރިއަށް ދާން ކާދްރީ އިހްތިޔާރުކުރި ނަމަވެސް، ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު އޭނާގެ ދެ ފިރިހެން ދަރިން ގުޅާފައި ބުނީ އުރީ ކޯހެން ނަމަކަށް ކިޔާ ވަޒަންވެރިޔަކު އެމީހުން ވަށާލައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖޭސަ 29، އާއި ރިހާބް، 19، އަށް ކޯހެން ގުޅައި، އެމީހުންގެ ޖަނަވާރުތަކަށް އެއްވެސް އުނދަގުލެއް ކުރިމަތިނުވެ ތިބެވޭނެ ތަނެއް އެބަ ހުރި ކަމަށް ބުންޏެވެ. އެއީ ނޫނެކޭ ބުނަން އުނދަގޫ ހުށަހެޅުމެކެވެ. ހަނގުރާމައިގެ ކުރީ ދުވަސްތަކުގައި ކޯހެންއަށް މަސައްކަތްކުރާ މީހުން ހިމެނޭ ގޮތަށް ވަޒަންވެރިން ގެންދިޔައީ ބަކަރިތަކަށާއި އެ އެއްޗެހީގެ ދަރިންތަކަށް ހަތިޔާރުން ހަމަލާދީ، ކުއްތާތައް ދޫކޮށްލަމުން އަދި ކާރުތައް ދުށްވައިގެން ބަކަރިތައް ފައްސާ ބިރުގަންނުވަމުންނެވެ. ފާއިތުވި ހަފުތާތަކުގައި ކަމާބެހޭ ފަރާތްތަކުން ދަނީ ޖަނަވާރުތައް ނަގަމުންނެވެ. އެފަދަ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު ކަދްރީ ހަނދާންވަނީ އެ ޖަނަވާރުތައް އުރީއަށް ވިއްކުމަށް އޭނާ ބުނި ބުނުމެވެ.
ކަދްރީގެ ދަރިން ނިންމީ ކޯހެންގެ ހުށަހެޅުން ގަބޫލުކުރުމަށެވެ. ނަމަވެސް އެމީހުން އެތަނަށް ދިއުމުން ކޯހެން ވަނީ ކައުންސިލް އިންސްޕެކްޓަރަށް ގުޅައި، ވަޒަންވެރިއެއް ކަމަށް ބުނެ، އޭގެ ބަދަލުގައި ފުލުހުންނަށް ގުޅާފައެވެ. ފުލުހުން އައިސް އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންނާއެކު ތިބި 60 ގެރި އަތުލައިގަތީ އެ ޖަނަވާރުތައް އަމިއްލަ މީހެއްގެ ބިމަކަށް ގެނަ ކަމަށް ބުނެއެވެ.
އެ ކޯލް ލިބުމާއެކު ކަދްރީ އާއި އޭނާގެ އަންހެނުން ވަނީ އެމީހުންގެ އިތުރު ދެ ފިރިހެން ދަރިން ކަމަށްވާ ލުއޭ، 31، އާއި ބަސެލް، 27، އަށް ގުޅާފައެވެ.
ޖޯޑަން ވެލީ ރީޖަނަލް ކައުންސިލްގެ ލޭންޑް އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ލޯކަލް ވަޒަންވެރިއެއް ކަމަށްވާ ޝައި އެއިގްނާއާ މެދު ކަދްރީ އިއުތިރާޒު ފާޅުކުރަމުން ދަނިކޮށް ބޯޑާ ޕެޓްރޯލް އޮފިސަރަކު އެތަނަށް ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން އޮފިސަރު ވަނީ ކަދްރީގެ މޫނުގައި ތަޅައި، ލޭ އޮހޮރުވައި، ބިންމައްޗަށް ވައްޓާލާފައެވެ.
އެ ހަމަނުޖެހުންތަކުން ބިރުން ލުއީ އާއި ބަސެލް ދުވެފައި ގޮސް ކާރަށް އެރިއެވެ. އެމީހުން މަޑުކުރުމަށް ހަޅޭއް ލަވަމުން ބޯޑަރު ފުލުހުން ވަނީ ކާރަށް ބަޑިޖަހަން ފަށާފައެވެ.
އިޒްރޭލުގެ އޮފިސަރުން ވަނީ ލުއީ އާއި ބަސެލް ހައްޔަރުކޮށް ފުލުހުންގެ އިދާރާއަށް ގެންގޮސްފައެވެ. އޭގެ ފަހުން އޮފަ ޖަލަށް އަދި އޭގެ ހަފުތާއެއް ފަހުން އެހެން ޖަލަކަށް ބަދަލުކުރިއެވެ. ދޮޅު ހަފުތާ ފަހުން ބަސެލް ދޫކޮށްލިއިރު، ލުއޭ ދޫކޮށްލީ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭ ވަނީ ޖޭސައާއި ރިހާބް ދުރު ސަރަހައްދަކަށް ގެންގޮސް، އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ ދޫކޮށްލާފައެވެ.
ކަދްރީ އަތުގައި މިހާރު އޭނާގެ އެއްވެސް ޖަނަވާރެއް ނެތެވެ. ލޯކަލް ސެޓްލްމަންޓް ކައުންސިލްގެ އަތުގައި ހުރި 60 ގެރި އަނބުރާ ހޯދުމަށް ކޮންމެވެސް ގޮތަކުން ފައިސާ ދައްކަން ޖެހޭ 120،000 ޝެކެލް (31،600 ޑޮލަރު) ގެ ބިލާ ވެސް އޭނާ ދަނީ ހަނގުރާމަ ކުރަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް ގެރިއަކަށް 50 ޝޭކެލް ޖޫރިމަނާ އަރައެވެ.
އިޒްރޭލަށް ހަމާސްގެ ހަމަލާތައް ދިން ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ވަޒަންވެރިންނާއި ސިފައިންގެ ހަމަލާތަކާއި ފުރައްސާރަތައް ހިނގަމުން ދިޔައެވެ. ނަމަވެސް ކަދްރީ ބުނި ގޮތުގައި މި ހާދިސާއަކީ ފުރަތަމަ ފަހަރަށް ރާވައި ކޯޑިނޭޓް ކުރި ހާދިސާއެކެވެ. "މިއީ ވަޒަންވެރިންނާއި ފުލުހުންނާއި އަސްކަރިއްޔާ މިގޮތަށް ގުޅިގެން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު." އޭނާ ބުންޏެވެ.
އިތުރުވަމުންދާ ދަރަނީގެ ސަބަބުން ކަދްރީއާއި އޭނާގެ އާއިލާއަށް ނުތަނަވަސްކަން އިހުސާސްވާން ފަށައިފިއެވެ. ހިފެހެއްޓުމާއި، ހުރަސްއެޅުމާއި، ހައްޔަރުކުރުމާއި، އާދަޔާ ހިލާފު ޖޫރިމަނާތަކާއެކު، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ވަނީ ތަކުލީފުތަކެއްގެ ތެރެއަށް ވެއްޓިފައެވެ.
މިހާރު ކަދްރީގެ ދެ ބޭބެއަކު އެމީހުންގެ ޖަނަވާރުތައް ވިއްކާލަނީ މެދުވެރިއަކަށް ކަމަށާއި އެއަށްފަހު އުރީ ކޯހެން އަށް އެ ޖަނަވާރުތައް ވިއްކާލާނެއެވެ. ތިންވަނަ ބޭބެވެސް އެގޮތަށް ކަންތައް ކޮށްފާނެކަމަށް ބެލެވެއެވެ.
"ހާލަތު ވަރަށް ގޯސް. އިންސާނީ ހައްގެއް، އިންސާފެއް ނެތް. އަހަރެމެން ބޭނުންވަނީ ހަމަޖެހުން. ޔަހޫދީ، ކްރިސްޓިއަން، މުސްލިމް، އިޒްރޭލު، އެމެރިކާ، އަދި އެހެން ބަޔަކާ މެދުވެސް އަހަރެމެންގެ ނަފްރަތެއް ނެތް. ދަރިން އެބަތިބި. ދިރިއުޅެން ބޭނުންވޭ. އެކަމަކު އެމީހުން ހިންގަމުން އަންނަ އަމަލުތަކުގެ ސަބަބުން އަހަރެމެންނަކަށް މުސްތަގުބަލެއް ނޯންނާނެ." ހާސްވެފައި ހުރި ކަދްރީ ބުންޏެވެ.
"އެމީހުން އެކުގައި މަސައްކަތް ކުރަނީ ކުރިން ނުކުރާ ގޮތަކަށް"
ކަދްރީގެ އާއިލާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އުރުދުން ވާދީއާއި ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ކަމަށްވާ އޭރިއާ ސީގެ ބޮޑު ބައެއް އިޒްރޭލުގެ އަސްކަރީ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ގިނަ ސިފައިން ހިއްސާކުރެއެވެ. އެ ސަރަހައްދުގެ އެހެން ގިނަ ބަޔަކު ރިޕޯޓް ކުރަނީ އިޒްރޭލު ސިފައިން ޖަނަވާރުތައް ހިފެހެއްޓުމާއި ބަންދުކުރުމާއި ދަތިކުރުމުގެ މިފަދަ ހާދިސާތައް ގިނަ ފަހަރަށް ވަޒަންވެރިންނާ ގުޅިގެން ހިންގާ ކަމަށެވެ.
އޭގެ ދެ ހަފުތާ ފަހުން އަލް ޖިފްޓްލިކްގައި ތިބި ފަލަސްތީނުގެ ޖަނަވާރު ގެންގުޅޭ ޝެހްދާ ދާއިސް އާއި އައްޔަދު ދާއިސްގެ ބަކަރިތައް ސަލާމަތީ ބާރުތަކުން ހިފައިގެން ދިއުމުގެ ހާދިސާއެއް ހިނގިއެވެ. އެއަށްފަހު އެތަކެތި ހައްޔަރުން ދޫކޮށްލުމަށް އެއްލައްކަ ފަންސާސް ހާސް ޝެކެލް ދައްކަން މަޖުބޫރުވިއެވެ. އެ ކަމާ ހަވާލުވެ ތިބި ގްރޫޕުން އެ ސަރަހައްދުގައި ތިބި ޖަނަވާރު ގެންގުޅޭ މީހުންނާއި ހަ އާއިލާއަކަށް އިންޒާރު ދީފައި ވަނީ އެ މީހުންގެ ޖަނަވާރުތައް ބޭރުގައި އުޅެން ދޫކޮށްލައިފިނަމަ ބޮޑު އަދަދެއް ކަމަށްވާ އެއް މިލިއަން ޝެކަލް (271،260 ޑޮލަރު) ދައްކަން ޖެހޭނެ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމް އިން އަންދާޒާކޮށްފައިވާ ފަދައިން އުރުދުން ވާދީގައި ދިރިއުޅޭ ފަލަސްތީނުގެ ގާތްގަނޑަކަށް 65،000 މީހުންނަށް ވަނީ ފެން ފަދަ ޒަރޫރީ ވަސީލަތްތައް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގާތްގަނޑަކަށް 85 ޕަސެންޓް ފެން ދޫކުރަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާބާދީގެ ގާތްގަނޑަކަށް 11،000 ނުވަތަ ހަބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ވަޒަންވެރިންނަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ވާރޭފެން ނެގުމާއި އެމީހުންގެ ބިމުގެ ފެން ބޭނުންކުރުމަކީ މަނާކަމެކެވެ. ކަދްރީ އާއި އޭނާގެ ފިރިހެން ދަރިން ދިރިއުޅެމުން ދަނީ ވަޒަންވެރިންގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ ފެންއާރެއް ކައިރީގައެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހުރިހާ އާބާދީއެއް ގާނޫނާ ހިލާފަށް ކަމަށް ބެލެވިފައިވީ ނަމަވެސް، އުރުދުން ވާދީގައި ވަޒަންވެރިވި މީހުން ތިބީ، އެންމެ ކުޑަމިނުން މީގެ ކުރިން ވެސް، ހަމަނުޖެހުން ކުޑަކޮށެވެ. ކަދްރީ ހަނދާންވަނީ އެދުވަސްވަރު ވަޒަންވެރިންނާ އެކު އެކުވެރި ގުޅުމެއް ބާއްވަމުން ދިޔަ ހަނދާނެވެ.
ނަމަވެސް، 2016 ވަނަ އަހަރު، އިޒްރޭލުގެ ފުރަތަމަ ވަޒަންވެރިކަމުގެ އައުޓްޕޯސްޓް އުފެދިގެން އައީ، އިސްރާއީލުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށެވެ. އޭގެ ފަހުން ޖަނަވާރު ގެންގުޅޭ މީހުންނަށް ހަމަލާދިނުމާއި ފުރައްސާރަ ކުރުން ވަނީ އިތުރުވެފައެވެ.
ފަރުސިޔާގެ އުމުރުން 33 އަހަރުގެ އަހްމަދު ދަރާގްމެހް ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހަފުތާއެއްހާ ދުވަސް ކުރިން ވަޒަންވެރިން އޭނާގެ އަތް ބިންދާލުމުން، ދެ މަސް ވަންދެން ނުކުޅެދުންތެރިކަމުގައި އުޅެން ޖެހުނު ކަމަށެވެ.
ހަނގުރާމަ ފެށުމާއެކު އުރުދުން ވާދީގައި ހަމަނުޖެހުންތައް ފެށުނު އިރު، އޭރިއާ ސީގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން ފަލަސްތީނުން ވެސް ވަނީ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފުރަތަމަ ފަހަރަށް ވަޒަންވެރިވި މީހުންގެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން އިޒްރޭލަށް ޕްރެޝަރު ކުރި އިރު، އޭގެ ފަހުން ހަރުކަށި ވަޒަންވެރިންތަކެއް އިދާރީ ބެލުމުގެ ދަށަށް ގެންދިޔައެވެ. ހަމަނުޖެހުންތައް ތަންކޮޅެއް މަޑުޖެހިފައިވީ ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އުފެދިފައިވާ އާދަކާދައަކުން އެނގެނީ އިޒްރޭލު ސިފައިންނާއި ވަޒަންވެރިން ގާނޫނީ އިޖުރާއަތްތައް މިހާރަށްވުރެ ހަރުކަށިކޮށް ބޭނުން ކުރަމުން އަންނަ ކަމެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ސަރަހައްދީ ސަލާމަތީ ބާރުގެ ގޮތުގައި ކަނޑައަޅައި، މިހާރު އަސްކަރީ ޔުނީފޯމް އަޅައިގެން އެސޯލްޓް ރައިފަލް ގެންގުޅެއެވެ.
ޔޫސުފް ބްޝަރަތު، 47، އަކީ މަހްހޫލްގައި ބަކަރި ގެންގުޅޭ މީހެކެވެ. އޭނާ އާއި އޭނާގެ އަންހެނުންނާއި އެމީހުންގެ 10 ދަރިންނަކީ އެމީހުންގެ ގޭގެ ވަށައިގެން ގެންގުޅޭ އެތައް ސަތޭކަ ކަންބަޅި ބަކައްޓާއި، ގެރިއާއި ކުކުޅު ބަލަހައްޓާ މީހުންނެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ވަޒަންވެރިން ވަނީ ޔޫސުފްގެ ފުރާވަރުގެ ދަރިފުޅާއި އެމީހުންގެ ކަންބަޅި ބަކަރިތަކަށް ހިލައާއި ކުއްތާ ބޭނުންކޮށްގެން ހަމަލާދީފައެވެ. އެ ހާދިސާގައި 23 ކަންބަޅި ބަކަރި ވަނީ ގެއްލިފައެވެ.
ޖެހިގެން އައި ހަފުތާތަކުގެ ތެރޭގައި ގޭގެއަށް އަރައިގަންނަން ފެށިއެވެ. އަވަށްޓެރިއެއްގެ ގެއަށް ހަތިޔާރު ބޭނުންކޮށްގެން ވަދެފައިވާ ކަމަށް އޭނާ ބުންޏެވެ. "އެމީހުން ހަތިޔާރު ހިފައިގެން އެތެރެއަށް ވަދެފައި ބުނީ މިތަނުގައި އުޅުމުގެ ހުއްދައެއް ދެން ނޯންނާނެ ކަމަށް."
ސަލާމަތީ ބާރުތަކުން ވަނީ ބަކަރިތައް ގެންގުޅޭ މީހުންވެސް ހައްޔަރުކޮށްފައެވެ. އެންމެ ފަހުން އޭގެ ތެރެއިން ގިނަ މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
"އެ ދުވަހުން ފެށިގެން އެމީހުން މިތަނުގެ މީހުންނާ މެދު ކަންތައް ކުރަމުން އަންނަނީ ޖަނަވާރުން ފަދައިން. އެކަމަކު މިއީ އަހަރެމެންގެ ބިން. މިތަނުން ދާން އަހަރެން ދެކޮޅު ހަދަން." ޔޫސުފް ބުންޏެވެ.
ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ޔޫސުފް ބޭރުގައި އުޅެނިކޮށް އަސްކަރިއްޔާއިން ވަނީ އޭނާ ހިފަހައްޓައިގެން ގެންގޮސްފައެވެ. އެއްވެސް ސާފު ސަބަބެއް ނުބުނެއެވެ. ކައިރީގައި ހުރި އަސްކަރިއްޔާގެ ކޭމްޕަކަށް އޭނާ ގެންދިއުމުން ލޮލުގައި ފޮތި އައްސާ ނިވާކޮށް ހަ ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ކަންބަޅި ބަކަރިއާއެކު ވިއްސާރައި ބަހައްޓާފައި ހުރި ކަމަށް ބުންޏެވެ. އެއަށްފަހު ގައިގައި އެއްސުމަށްފަހު، އޭސީ ތަނަކަށް ވައްދާ އިތުރަށް ފިނިކުރުމަށް ބަންދުކޮށްފައި ބޭންދިކަމަށް އޭނާ ބުންޏެވެ.
އެފަދަ ހާދިސާތައް ތަޖުރިބާ ކޮށްފައިވާ މީހުން ބުނަނީ ގުދުރަތީ ރިޒާވްތަކާއި އަސްކަރީ ފަޔަރިން ޒޯންތަކުގައި ނުވަތަ އަމިއްލަ ބިންތަކުގައި ގަސްގަހާގެހި ހެއްދުމާއި ޖަނަވާރުތައް ގެންގުޅުން ފަދަ އެކި ސަބަބުތަކާ ހުރެ ހައްޔަރުކޮށް އަނިޔާކުރުން އާންމުވެފައިވާ ކަމަށެވެ.
ޔޫސުފް ފާހަގަކުރި ގޮތުގައި ވަޒަންވެރިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަނީ ކުރިން ނުކުރާ ގޮތަކަށެވެ. "ހަނގުރާމައިގެ ކުރިން ވަޒަންވެރިން އުނދަގޫކުރަން އައުމުން، އަސްކަރިއްޔާއަށް އަހަރެމެން އެންގުމުން އަސްކަރިއްޔާއިން އެމީހުން ކައިރީ ބުނާނެ ބައެއްފަހަރު ދާށޭ. މިހާރު އަސްކަރިއްޔާއަށް ގުޅީމަ ބުނަނީ ވާހަކަދައްކާނެ މީހަކު ނެތޭ."
"އަހަރެމެންނަށް ޖެއްސުންތައް ކުރަނީ ކީއްވެ؟"
އިޒްރޭލުގެ ސަލާމަތީ ވަސީލަތްތަކުގެ ތެރެއަށް ގިނަފަހަރަށް ވަޒަންވެރިވެ، ހަތިޔާރު އަޅައިގެން ތިބޭ މީހުން ފެންނަ މާހައުލެއްގައި، ފަލަސްތީނު ރައްޔިތުންނަށް ވަނީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ވަޒަންވެރިންގެ ފަރާތުން ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އަގުބޮޑު ޖަނަވާރުގެ ކާނާއަށް ހަރަދުކުރަން ޖެހޭކަމަށް ޖަނަވާރު ގެންގުޅޭ މީހުން ބުންޏެވެ. ޔޫސުފް ފާހަގަކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޗީޒް އަދި ލެމްބް މީޓް ފަދަ އޭނާގެ އުފެއްދުންތައް ނުވިއްކެނީ އޭނާގެ ކަސްޓަމަރުންގެ އަތުގައި ފައިސާ ނެތުމުންނާއި ތޫބާސް ފަދަ ކައިރި މާރުކޭޓް ޓައުންތަކަށް ވަންނަ ދޮރުތައް ބަންދުވުމުންނެވެ.
ފިނި މޫސުމުގެ ވިއްސާރަ ފެށުމާއި އެކު ފަލަސްތީނުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ނުކުރެވެނީ ވަޒަންވެރިންނާއި ސަލާމަތީ ބާރުތައް ތިބުމުގެ ސަބަބުންނެވެ.
އަހްމަދު ދަރާގްމެހް ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު ވެސް އޭނާގެ ތިން ހަތަރު ބަކަރި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ބަގީޗާ އާއި ދަނޑުވެރިކަމަށް ގިނަ ފަހަރަށް ހުރަސް އަޅަނީ ސަލާމަތީ ބާރުތަކުން ކަމަށާއި، ގިނަ ފަހަރަށް ސަލާމަތީ ބާރުތަކުގެ ތެރޭގައި ވަޒަންވެރިން އިސްނަގައިގެން މަސައްކަތް ކުރާ ކަމަށެވެ.
"އަބަދު ހައްޔަރު ކުރަނީ. ގިނަ ފަހަރު އަހަރެންގެ ކަންބަޅި ބަކަރި ގޮވައިގެން އުޅޭ އިރު، ހިފަހައްޓައިގެން ގެންގޮސް ހައްޔަރުގައި ބަހައްޓާ. އެކި ފަހަރު ދެނީ އެކި ސަބަބު. ނޭޗާ ރިޒާވް އެކޭ. އަސްކަރިއްޔާގެ ސަރަހައްދެކޭ. ނޫނީ މިތަނުގައި އުޅުމުގެ ހައްގެއް ނޯންނާނެއޭ."
ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:00 ހާއިރު ސަލާމަތީ ބާރުތަކުން ވަނީ އޭނާ 20 އަހަރު ވަންދެން ދަނޑުވެރިކަން ކުރަމުން ދިޔަ ގޯއްޗަށް ޒިޔާރަތްކޮށް އެ ބިމުގެ ބައެއް އޮތީ ނޭޗާ ރިޒާވްގައި ކަމަށް ބުނެފައެވެ. އަހްމަދު ބުނަނީ މިލްކުވެރިކަން ސާބިތުކޮށްދޭނެ ކަރުދާސްތަކެއް އެބަހުރި ކަމަށެވެ.
އެމީހުން އަމުރުކުރީ އޭނާގެ ޓްރެކްޓަރު އުމް ޒުކާ އާމީ ބޭސްއަށް ގެނައުމަށެވެ. އެތަނުގައި ހެނދުނު 9:30 އިން ހަވީރު 5:15 ހާއިރު ވަންދެން ލޮލުގައި ފޮތި އައްސާފައި ބޭންދިއެވެ. "ސުވާލެއް ކުރަން ވެގެން އުޅުނީމާ ބުނީ އެއްވެސް އެއްޗެކޭ ނުކިޔާ އިންނާށޯ."
އަހްމަދު ދޫކޮށްލި ނަމަވެސް އޭނާގެ ޓްރެކްޓަރު އަނބުރާ ނުލިބުނެވެ. އެއާ ނުލައި އޭނާގެ ކަންބަޅި ބަކަރިތަކަށް ބޭނުންވާ ފެން އުފުލުމުގައި ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އޭނާ ބުންޏެވެ. ކޮންމެ ދަތުރަކަށް 200 ޝެކެލް (54 ޑޮލަރު) ދައްކަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ޓްރެކްޓަރު އަނބުރާ ހޯދުމަށް ލޯކަލް ސެޓްލްމަންޓް ކައުންސިލަށް 4،740 ޝެކެލް (1،286 ޑޮލަރު) ދައްކަން ޖެހެއެވެ.
އުރުދުން ވާދީގައި ވަޒަންވެރިންގެ ހަމަލާތައް ދިނުމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން، އެ މީހުން ނިދަމުން ވެސް އަންނަނީ ޖަނަވާރުތަކާއެކުއެވެ. އޭގެ ތެރެއިން 95 ޕަސެންޓް މީހުން ތިބީ އޭރިއާ ސީގައެވެ.
އަބަދުވެސް ފުރައްސާރަކުރުމާއި ހައްޔަރުކުރުމުގެ ސަބަބުން އަހްމަދު ފަދަ ޖަނަވާރު ގެންގުޅޭ މީހުންނަށް ދަނީ އަސަރު ކުރަމުންނެވެ. މިގޮތުން ހަނގުރާމައިގެ ފަހުން ފަލަސްތީނުގެ އެކަހެރިކުރެވިފައިވާ ބައެއް ކޭމްޕްތައް ރޫޅާލާފައިވާއިރު، މިހާރު ކަދްރީގެ އަހުން ފަދަ ޖަނަވާރު ގެންގުޅޭ މީހުން ދަނީ އެމީހުންނަށް ކުރިމަތިވެފައިވާ ހާލަތްތަކުގެ ސަބަބުން ޖަނަވާރުތައް ވިއްކަމުންނެވެ.
"އެމީހުން މަސައްކަތް ކުރަނީ މާފިއާއެއް ފަދައިން. މުޖުތަމައުއާ ކުރިމަތިލުންތައް އުފައްދަނީ ފުލުހުންނާއި އަސްކަރިއްޔާ އިން. އެ އެންމެންވެސް އަމަލުކުރަނީ ގޭންގެއްގެ މީހުން ފަދައިން." އަހުމަދު ދަރާގްމާހު ބުންޏެވެ.
"އަހަރެމެންނަކަށް ނޭނގެ އެމީހުން އަހަރެމެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް ކަމެއް. އަހަރެމެން ދިރިއުޅެމުން މިއަންނަނީ ސުލްހެވެރިކޮށް. އަހަރެމެންވެސް ބޭނުންވަނީ ދިރިއުޅުން ބައްޓަންކޮށް އާރާސްތުކުރަން. ދެން އަހަރެމެންނަށް ޖެއްސުންތައް ތި ކުރަނީ ކީއްވެ؟"