މާލޭގައި ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު، ފައިސާ އާއި އެކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އޭނާ ހުރި ކޮޓަރިން ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާކަމަށާ އޭގެ ތެރޭގައި ބޭނުންކޮށްފައި ހުރި ތަކެއްޗާއި، ބޭނުން ނުކުރާ ތަކެތިވެސް ހިމެނޭ ކަމަށެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 05 ދުވަސް ޖަހާފައެވެ. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު މި އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާ ހައްްޔަރު ކުރި ފަހުން 24 ގަޑިއިރުވާން ކައިރިވިއިރުވެސް ތަރުޖަމާނެއް ލިބިފަައި ނުވާކަމަށެވެ.

އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ތަރުޖަމަނަކާ ނުލާ ކޯޓަށް ހާޒިރުކޮށްފައިވާއިރު ކޯޓު އަމުރުގައި ބުނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދީފައި ވަނީ އެހެންވެގެން ކަމަށެވެ.