އަލްޖަޒީރާގެ ސީނިއާ ކެމެރާޕާސަން އަލަސްޑޭއާ ބްރެނާޑް ވަނީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުގައި ފުރަތަމަ ފަހަރަށް ކުރި މުޒާހަރާގެ މަންޒަރުތައް ޝޫޓް ކުރަން އުޅުނު ގޮތް ކިޔައިދީފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތު، ހަނގުރާމައާ ދެކޮޅު އެއްވުމެއް ކަވަރު ކުރުމަށް ގުދުސްއިން ހައިފާއަށް ދިއުމަށް އޭނާގެ ޓީމުގެ މީހުން ކާރު ތައްޔާރުކުރުމުގައި އުޅުނެވެ. ކެމެރާގެ ސާމާނު ކާރުގެ ޑިކީއަށް އަޅަމުން ދިޔައިރު ކުރެވެމުން ދިޔައީ ތަފާތު އިހުސާސް އެއް ކަމަށް އޭނާ ބުންޏެވެ. ޓީމުގެ މެދުގައި ދެން މަޝްވަރާކުރަމުން ދިޔައީ އަރާނެ ބޫޓަކާ މެދުއެވެ.

ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އުއްމީދުކޮށްގެން، އަހަރެމެންގެ ނޫސްވެރިޔާ ސްޓެފާނީ އިހްތިޔާރުކުރީ ހުދު ކުލައިގެ ބޫޓަކަށް އެރުމަށެވެ. އެހެންނަމަވެސް، މާހައުލު ހަލަބޮލިވާނެ ކަމަށް ބެލުމަށްފަހު، ސެކިއުރިޓީ ފޯރުކޮށްދިނުމަށްޓަކައި އަހަރެމެން ނެގި ލޫކްއާއި އަހަރެން އެރީ ތަންކޮޅެއް ވަރުގަދަ ބޫޓަކަށެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށް ފަހު ގާޒާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފެށި ފަހުން އެ ގައުމުގައި ހަނގުރާމައާ ދެކޮޅަށް ބޭއްވި ފުރަތަމަ މުޒާހަރާއެވެ.

މި އެއްވުން އިންތިޒާމްކުރި ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ވާތު ފިޔައިގެ ސޯޝަލިސްޓް ޕާޓީއެއް ކަމަށްވާ ހަދަޝް އަށް އެންމެ ފުރަތަމަ އެއްވެ އުޅުން މަނާކޮށް ހުއްދަ ހޯދުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހުނެވެ.

ހަނގުރާމައާ ދެކޮޅު އެއްވުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިއަކު މެގަފޯނަކުން ހަޅޭއްލަވަނީ

މުޒާހަރާ ކުރާ ތަން ހޯދުންވެސް ވީ ގޮންޖެހުމަކަށެވެ. ހައިފާގެ ސްކޮޔާއާ ކައިރިވަމުން ދިޔައިރު، އަހަރެމެންގެ ޖީ.ޕީ.އެސް އަހަރެމެންނަށް އޮޅުވާލައެވެ. އެންމެ ފަހުން މިސްކިތެއް ކައިރީގައި ކާރު ޕާކު ކުރުމުން އެތަނުގައި ހުރި މީހަކު ކިޔައިދިނީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ، އިޒްރޭލުގެ އަސްކަރިއްޔާއިން ޖީ.ޕީ.އެސް ސިގްނަލްތަކަށް ހުރަސް އަޅަމުން ދިޔަ ކަމެވެ.

ޕަބްލިކް ޓްރާންސްޕޯޓެއް ނެތް ހޮނިހިރު ދުވަހެއްގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި އިރު، އެކަމުގެ ސަބަބުން ސްކޮއާއަށް މީހުން ދިއުމަށް އިތުރު ދަތިތަކެއް ކުރިމަތިވިއެވެ.

ސްކޮޔާއާ ދިމާލަށް ދިޔައިރު، ނޫ ކުލައިގެ ޔުނީފޯމުގައި ތިބި ފުލުހުންގެ ބޮޑު ޓީމަކާއި، ގަދަ ފެހިކުލައިގެ ބޯޑަރު ގާޑުންގެ ބޮޑު ޓީމެއް ތިއްބެވެ. ޓީމުތަކުގެ މެދުގައި ދިޔައީ މަޝްވަރާތަކެއް ކުރަމުންނެވެ.

ވެދާނެ ގޮތަކާމެދު އެމީހުންގެ ކަންބޮޑުވުންތަކެއް ހުރިކަން ކަށަވަރެވެ. އެ މީހުން ރައިފަލާއި ފިސްތޯލަ ގެންގުޅޭއިރު، ޔޫޓިލިޓީ ވެހިކަލްތަކުގެ ތެރޭގައި މަޝްހޫރު "ސްކަންކް ވޯޓާ ޓްރަކް" ގެ އިތުރުން އަސްކޮޅުގައި ތިބި އޮފިސަރުން ވެސް ހިމެނެއެވެ.

ބޫޓު އިހްތިޔާރު ކުރުމުގައި އިންސާފުވެރިކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގައި ގާތްގަނޑަކަށް 500 އެއްހާ މީހުން ބައިވެރިވި

މެންދުރު ވާން ކައިރިވެފައި ވީއިރު އަހަރެމެން އިންތިޒާރު ކުރަމުން ދިޔައީ އެއްވުން ފެށޭނެ އިރަކަށެވެ. ފުލުހުން އެ ސަރަހައްދުގެ ވަށައިގެން ވަރުގަދަ ހުރަހެއް ހަދައި، މެޓަލް ބެރިކޭޑްތައް ހަރުކޮށް، ޓްރަކްތަކުން ކައިރީގައި އޮންނަ މަގު ބަންދުކުރަމުން ދިޔައެވެ. މީގެ އިތުރުން ސްކޮޔާ ފެންނަ ފުރާޅެއްގައި އެމީހުން ހަތިޔާރު އެޅި ސްޕޮޓަރެއް ވަނީ ބަހައްޓާފައެވެ.

އިޒްރޭލުގެ ފޮޓޯގްރާފަރަކު އަހަންނަށް ކިޔައިދެނީ މުޒާހަރާ ކުރިއަށް ދާތީ ފުލުހުން އުފާނުކުރާ ކަމަށާއި ހަނގުރާމައާ ދެކޮޅު މެސެޖަކީ އެމީހުން އަޑުއަހަން ތައްޔާރަށް ތިބި މެސެޖެއް ނޫން ކަމަށެވެ.

"އެމީހުންގެ އަމާޒަކީ މުޒާހަރާގެ ބައިވެރިންގެ ފަރާތުން ހަމަނުޖެހުން އުފައްދައި، މި ހަރަކާތް ނުބާއްވަންވީ ކީއްވެތޯ ޖަސްޓިފައި ކުރުން." ސީރިއަސް ރާގެއްގައި އޭނާ އަހަންނަށް އިންޒާރު ދިނެވެ.

އަހަރެމެން ކުރިއަށްވުރެ ބޮޑަށް ސަމާލުވީމެވެ. މުޒާހަރާގެ ބައިވެރިންނަށް އަހަރެމެން ބަލަމުން ދިޔައީ ހަމަނުޖެހުން އުފެދިދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުވަތަ ކައުންޓާ މުޒާހަރާގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ.

އިތުރު މީހުން އަންނަން ފަށައިފިއެވެ. ގާތްގަނޑަކަށް 500 އެއްހާ މީހުން މުޒާހަރާއަށް އައި އިރު، އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ބައެއް މީހުން ތިބީ ފައިވާނަކަށް ނުވަތަ ބޫޓަކަށްވެސް ނާރައެވެ.

އެމީހުން ދަނީ ޑްރަމްތައް ޖަހައި، ލައުޑްސްޕީކަރު މެދުވެރިކޮށް އަޑުއުފުލައި، ސުލްހަވެރިކަމުގެ މުހިންމުކަމާއި ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ގެނައުމަށް ހަނގުރާމަ ފެއިލްވުމާ ބެހޭ ގޮތުން އަޑުއުފުލަމުންނެވެ.

މުޒާހަރާގެ ބައިވެރިން ދިދަ އުފުލައި ޑްރަމްތައް ޖަހަނީ

އިޒްރޭލުން އެހެން މެސެޖެއް އަޑުއަހާ، ސުލްހަވެރި މުސްތަގުބަލެއްގެ އުއްމީދުގައި އިޒްރޭލާއި ފަލަސްތީނު އެކުގައި ތިބޭތަން ފެނުމަކީ ތާޒާ މަންޒަރަކެވެ.

ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މައުޒް އިނޮން ވަނީ މާފުކުރުމުގެ ވާހަކަ ދައްކާފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި އޭނާގެ މައިންބަފައިން ވަނީ މަރުވެފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ބައްޕަ އެ ބިމުގައި ދަނޑުވެރިކަން ކުރިއެވެ. އަދި ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އޭނާއަށް ނަސޭހަތްތެރިވިއެވެ.

"އަހަރެން ދުނިޔެއަށް ދޭން ބޭނުންވާ މެސެޖަކީ އިޒްރޭލް ނުވަތަ ފަލަސްތީން، ވަކި ފަރާތެއް އިހްތިޔާރު ނުކޮށް، އިންސާނިއްޔަތު އިހްތިޔާރު ކުރުމަށް."

އެއާއެކު ފުލުހުންގެ ނުތަނަވަސްކަން އިތުރުވާން ފަށައިފިއެވެ. ފުލުހުން އަވަސް އަވަހަށް އެއްވެ ތިބި މީހުންގެ ތެރެއަށް ވަދެ، މީހަކު ހިފަހައްޓައި، ގެންގޮސް ކައިރީ ހުރި ވެހިކަލަކަށް އެރުވިއެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ނޫސްވެރިން ވެސް ވަނީ ހަލަބޮލިވެފައެވެ.

ނަސީބަކުން ހާލަތު އިތުރަށް ގޯސްނުވެ، ވަރަށް އަވަހަށް ކަންކަން ހަމައަކަށް އެޅުނެވެ.

އެކަމަކު އެހެން ކަންތައްތަކެއް ވެސް ހިނގިއެވެ. އެއް ފަހަރަކު އަހަރެން ސްޓެފާނީ ކެމެރާއާ ވާހަކަ ދައްކާ މަންޒަރު ވީޑިއޯ ކުރަމުން ދަނިކޮށް ފަލަސްތީނު-އިޒްރޭލު ފިރިހެނަކާއި އޭނާގެ ޒުވާން އަންހެން ކުއްޖަކު އަހަރެންގެ ބުރަކަށީގައި ޖެހިގަތެވެ. އޭނާ މައާފަށް އެދިފައި ބުނީ އެއްވުން ބަލަން ހުއްޓާ ފުލުހަކު އޭނާ ބުރަށީގައި ޖެހިގަނެ ކޮށްޕާލީ ކަމަށެވެ. އޭނާ ހުރީ ނުތަނަވަސްވެ މާޔޫސްވެފައެވެ. ހަމައެކަނި މުޒާހަރާ ބަލާލަން އައިކަމަށްޓަކައި ވެސް ފުލުހުންގެ ފަރާތުން އަނިޔާތައް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މުޒާހަރާ ނިމެން ކައިރިވެފައި ވަނިކޮށް ފުލުހުން އަނެއްކާވެސް ފިޔަވަޅެއް އެޅިއެވެ. މިފަހަރު އެމީހުންގެ ރުޅިވެރިކަމުގެ އަސްލަކީ ތިރީގައި ކާޑްބޯޑް ބޮންތައް ޖަހާފައި އޮތް ކަރުދާސް ފައިޓާ މަތިންދާ ބޯޓެކެވެ. މޮޑެލް މަތިންދާބޯޓު ފޭރިގަތުމުގެ ކުރިން ފުލުހުން ވަނީ ހަމަނުޖެހުން ހަލަބޮލިކޮށްފައެވެ.

އެއްވުން ނިމި، މީހުން އެކި ދިމާލަށް ދާން ފެށުމުން ސްޓެފާނީ މަޑުކޮށްލީ މާއޯޒްއާ ވާހަކަ ދައްކާށެވެ. އެވަގުތު ކައުންޓާ މުޒާހަރާކުރާ މީހަކު އޭނާ ވީޑިއޯކޮށް، ދެން ތިބި މީހުންނާ ޖަދަލުތައް ފަށަން މަސައްކަތް ކުރަމުން ދިޔައެވެ.

ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި އިޒްރޭލުގެ ގިނަ ބަޔަކު އަދިވެސް ތާއީދު ކުރަނީ ގާޒާގެ ހަނގުރާމަ ކުރިއަށްގެންދިއުމަށެވެ.