ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމަތުކުރުމަށްފަހު އަންނަ ރޯދަ މަހަށް އާންމުކޮށް ހުޅުވާލާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން ހަލާކުވެ އެއްވެސް ގޮތަކަށް ބޭނުން ނުކޮށް ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ތަން އެއްކޮށް މަރާމާތުކޮށް ރޯދަ މަސް ފެށެން ވާ އިރަށް އާންމުކޮށް ހުޅުވުމަކީ މި ސަރުކާރުން ގަދަ އަޅާ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެތަން އެކީ ހަލާކުވެފައިވާ ކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މި މަސައްކަތް ސީއެސްއާރްގެ ދަށޫން ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި އެ ކުންފުނިން އެ ގޮތަށް އެމަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެކީ ނިންމާލެވޭ އިރު، ކުރިއާ އަޅާބަލާ އިރު މާ ފުރިހަމަ ވާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަންނަ ރޯދަމަހާ ދިމާކޮށް މާލޭ ސަރަހއްދުގެ ހިތްފަސޭހަ މައިޒާންތަކުގެ ތެރެއިން އާންމުކޮށް ކުޑަކުދިން ގޮސް އުޅޭ ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާމަކީ މީގެ ކުރިން ފުރިހަމަ އަށް ބޭނުން ކުރި ދުވަސްވަރު އެތައް ކުޑަކުދިންތަކެއް އުފާވެރި ވަގުތުތަކެއް ހޭދަ ކުރި ތަނެކެވެ. އެތަން މަރާމަތުކުރަން ނިންމާފައިވާ އިރު، އަދިވެސް މާލެ ސަރަހައްދުގެ އިތުރު ސަރަހއްދުތަކުގައި ރޯދަ މަސް އައުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.
އެގޮތުން މާލޭގެ އުސްފަސްގަނޑު ސަރަހއްދުގައި ވެސް ރޯދައާ ގުލީގެން މަސައްކަތެއް ކުރުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އާދަމް ޗާރީފް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ތިތާގެ ފެން ޓެސްޓްކޮށްފާ ނޫނީ ތިފެނާ ކުޑަކުދިން ކާރި ނުކުރާތި