މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަފީގު އައްޔަން ކުރައްވައިފިއެވެ.
އަހުމަދު ޝަފީގު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވަކިކުރެއްވުމަށްފަހުއެވެ.
ޑިރެކްޓަރުންގެ ބޯޑަށް އެ ބަދަލު ގެނައިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވިރޭޖް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓާ ބޯޑަށް ގެނައި ބަދަލުތައް ޕީސީބީއިން އިއުލާންކުރައްވާފައިވާއިރު އޭގެ ތެރޭގައި މެންބަރުގެ މަގާމުގައި ތިއްބެވި ފާތިމަތު ހަނާއާއި އަހްމަދު އީވާން އިސްމާއީލް ވަކިކުރެއްވުމަށްފަހު ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އަހުމަދާއި މެންބަރުގެ މަގާމަށް އަބްދުއްސަލާމް މުހައްމަދު ވަނީ އައްޔަންކުރައްވާފައެވެ.
އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ސުއޫދު ވަކިކުރެއްވުމަށްފަހު ޗެއާޕާސަންގެ މަގާމަށް އާއިޝާ ނޫރްއައިން ޖަނާހް އަދި މެންބަރަކަށް މަހާ ނަސީރު އައްޔަންކުރައްވާފައިވެއެވެ. އަދި ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރަކަށް ޝިޔާމް އިބްރާހީމް އައްޔަންކުރައްވާފައިވާއިރު އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު ޖެނީފާއާއި މެންބަރުގެ މަގާމުގައި ތިއްބެވި އަބްދުﷲ އާމިރާއި އަޒްހީލް އަހްމަދާއި އިސްމާއީލް އަލީ މަނިކާއި ނިޒާރު ހަސަން ވަނީ ވަކިކޮށްފައެވެ. އޭގެ އިތުރަށް އެ ބޯޑުގެ މެންބަރުގެ ގޮތުގައި އަހްމަދު އަބޫބަކުރާއި މުހައްމަދު ހައްސާނު އަދި އަބްދުﷲ ސައީދު ވަނީ އައްޔަންކުރައްވާފައެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އާއިޝަތު ޝެހެނާޒް އައްޔަންކުރައްވާފައިވާއިރު ހައްޖު ކޯޕަރޭޝަންގެ ބޯޑުން ފާތިމަތު ލީނާ އާއި އަހުމަދު އާސިފް ވަކިކޮށް އަހުމަދު މުއާޒް މަންސޫރާއި ޔޫތުފް ތިލާލު ހުސައިން ވަނީ އައްޔަންކުރައްވާފައެވެ. އަދި އާސަންދަ ކުންފުނިން މުހައްމަދު އާމިރު ވަކިކޮށް އެ ކުންފުނީގެ ބޯޑަށް އަހުމަދު އީމާން އާއި އަހުމަދު ޝަކީބު ވަނީ އައްޔަންކުރައްވާފައެވެ.
އެމްއޭސީއެލްގެ ބޯޑުން އާއިޝަތު އަރްޝާ ވަކިކޯށް މުހައްމަދު ރިޔާޒް އައްޔަންކުރައްވާފައިވާއިރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މުހައްމަދު ފާތިހު ވަކިކޮށް އިބްރާހީމް ބައްސާމް ސައީދު ވަނީ އައްޔަންކުރައްވާފައެވެ. އަދި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާތިފާއި އިބްރާހިމް ރަޝީދާއި އުބައިދުﷲ މުއާޒު ވަކިކޮށް އާއިޝަތު ސިޒްލާއާއި މުހައްމަދު ޝަރީފް އަލީ އަދި އަބްދުﷲ ހަނީފް ވަނީ އައްޔަންކުރައްވާފައެވެ.
އޭގެ އިތުރުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އަހްމަދު އަދުހަމް އާއި އަހުމަދު ހަސަން ވަނީ އައްޔަންކުރައްވާފައެވެ.